އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަޖިލިސް ކޮމެޓީގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Nov 2022 | 13:58
ޓީ.ޖީ.އެސް.ޓީ ބޮޑުކުރާކަށް ދުނިޔޭގެ އިގްތިސާދު ތަނެއް ނުދޭ: އެމްއެމްއޭ

މީ ޓީ.ޖީ.އެސް.ޓީ ބޮޑު ކުރަންވީ ވަގުތު ނޫން ކަމަށާއި ޓެކްސް ބޮޑުކުރަން ދުނިޔޭގެ އިގްތިސާދު ތަން ނުދޭކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ. 

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭގެ ފަންނީ ލަފާ މިއަދު ބަޖެޓް ކޮމިޓީއަށް ހުށައަޅުއްވާފައިވާއިރު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޓެކްސް ބޮޑުކުރުމަކީ އޭގެ ޒާތުގައި ގޯސްކަމެއްކަމަށް ދެކިވަޑައި ނުގަންނަވާކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް އޭނާ ވިދާޅުވީ މިހާރު ދުނިޔޭގެ އިގްތިސާދު އޮތް ގޮތަށް ރިއާޔަތް ކުރާއިރު، އަންނަ އަހަރަކީ ޓެކްސް ބޮޑުކުރުމަށް މުނާސަބު ވަގުތު ނޫންކަމަށެވެ. 

އެމްއެމްއޭއިން އެފަދައިން ބުނާ ސަބަބު ތަފްސީލުކޮށްދެއްވަމުން ހާށިމް ވިދާޅުވީ ދުނިޔޭގެ އިގްތިސާދު އަދިވެސް އޮތީ ވަރަސް ނާޒުކު ފައްތަރެއްގައިކަމަށެވެ. އެގޮތުން ރަޝިޔާ-ޔޫކުރެއިން ހަނގުރާމަ ދެމިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށާއި، އޭގެ އަސަރު ތެލުގެ ބާޒާރަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ދިވެހިރާއްޖެއަށް ތެޔޮ ގަންނަން ކުރަން ޖެހޭ ޚަރަދުތައްވެސް ބޮޑުވެގެންދާނެކަމަށް ހާޝިމް ވިދާޅުވިއެވެ. 

ހާޝިމް ވިދާޅުވީ ދިވެހިރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔަ ޗައިނާއިން އަދިވެސް ޒީރޯ ކޮވިޑު ޕޮލިސީ ދަމަހައްޓާނެކަން އިއުލާންކޮށްފައިވާއިރު އެކަމުގެ ސަބަބުން ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަތަން ނުފެންނަކަމަށެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭރު ފައިސާވައްދާ މުހިންމު ގައުމަކަށް ވާއިރު، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު ލިމިޓުވެގެން ދިއުމަކީވެސް ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. 

އެކަން އެހެން އޮތުމުން ދުނިޔޭގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮއްވާ ޓީޖީއެސްޓީ ބޮޑުކުރުމަކީ މުނާސަބު ކަމެއް ނޫންކަމަށް ގަވަރުނަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ޓެކްސް ބޮޑުކުރުމާއި ގުޅޭގޮތުން އެމްއެމްއޭއިން ހުށައަޅާފައިވާ ފަންނީ ލަފާގައިވެސް ޓެކްސް ބޮޑުނުކުރުމަށް ވަނީ ލަފާދީފައެވެ. އަދި ޓެކްސް ބޮޑުކޮށްފިކަމަށް ވާނަމަ އަންނަ އަހަރު ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެންދާނެކަންވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.