މިނިސްޓަރު އަހުމަދު މަހުލޫފް -- ފޮޓޯ: މަޖިލިސް
ހަބަރު
14 Nov 2022 | 11:37
މިއަދު ނުކުމެގެން ދާންޖެހުނަސް ހިތްހަމަޖެހޭ ވަރަށް ކަންތައް ކޮށްދެވިއްޖެ: މަހުލޫފް

މިއަދު ނުކުމެގެން ދާންޖެހުނަސް ވަރަށް ހިތްހަމަޖެހިލައިގެން ހުރެގެން ދެވޭ ވަރަށް ކަންކަން ކޮށްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

މަހުލޫފް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރުގައި ހޯދުނު ކާމިޔާބީތަކާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

"ކޮބާތޯ ކުޅިވަރުގެ ދާއިރާއަށް މިހާތަނަށް ހޯދުނު ކާމިޔާބީ އަކީ، ކޮބާތޯ ނިންމެވުނު މަސައްކަތް ތަކަކީ" މެންބަރު ސަލީމް ސުވާލުކުރެއްވިއެވެ. 

ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މަހުލޫފް ވިދާޅުވީ ކުޅިވަރަށް ކުރެވުނު މަސައްކަތް ތަކަށް ބަލާނަމަ "މިއަދު މިތަނުން ނުކުމެގެން ދާންޖެހުނަސް ވަރަށް ހިތްހަމަޖެހިލައިގެން ހުރެގެން" ދެވޭ ވަރަށް ކަންކަން ކޮށްދެވިއްޖެ ކަމަށެވެ.

އެގޮތުން ކުޅިވަރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ނުކުޅެދުންތެރިކަން ފަރާތްތައް ކުޅިވަރުގެ ތެރޭގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ގާއިމުވެގެން ދިއުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އަދި ދުވަހަކުވެސް ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ނުކުރާވަރަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ދުވަހަކުވެސް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ނެތޭ އެންމެ ބޮޑު ދަނޑެއްވެސް ތަރައްގީކޮށްފަ، އެންމެ ދަނޑެއްވެސް، މީ ހަމަ ފެންނަން ހުންނާނެ ކަންކަން. މިއަދު އަޅުގަނޑުމެން 40 ދަނޑު ނިންމައި 85 ދަނޑުގެ މަސައްކަތް އެބަ ކުރަން، ވޮލީ ކޯޓެއް އައުޓްޑޯ، އެންމެ ސަރުކާރެއްގައި ވެސް އަޅާފައެއް ނޯންނާނެ، ސްކޭޓް ޕާކެއް އަޅައިދިން ސަރުކާރެއް ނޯންނާނެ، ސާފް ޓްރެކެއް އަޅައިދިން ސަރުކާރެއް ނޯންނާނެ."

މިނިސްޓަރު އަހުމަދު މަހުލޫފް 

މަހްލޫފް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަފަހަރަށް ސާފިންނަށް ކޯޗެއް ވެސް ހޯދައި ދީފައިވަނީ މީގެ ދެދުވަސް ކުރިން ކަމަށެވެ. މީގެ ކުރިން ކޯޗު ވެސް ހުންނަންޖެހެނީ ހަމައެކަނި ފުޓުބޯޅައިގަ ކަމަށާ، ކުޅިވަރުގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮންނަ ތަފާތު ނައްތާލައި، ކުޅިވަރު ތަކުގެ މެދުގައި އޮންނަ ތަފާތު ނައްތާލައި ހަމަހަމަ ފުރުސަތު ހޯދައި ދިނީ މި ސަރުކަާރުން ކަމަށެވެ. 

މި ސަރުކާރު ފިޔަވައި އެހެން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ސްކޭޓް ޕާކެއް ގާއިމުނުކޮށްދޭ ކަމަށް މަހްލޫފް ވިދާޅުވި ނަމަވެސް ހުޅުމާލޭގެ ސްކޭޓް ޕާކު ގާއިމުކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.