ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ: މަޖިލިސް
ހަބަރު
15 Nov 2022 | 16:13
މި ސަރުކަާރުން ދެވަނަ ދައުރެއްގެ ވާހަކަދައްކަން ހެޔޮނުވާނެ: ހަސަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ރައްޔިތުންނަށް އަންގަންޖެހޭ ކަންކަން ނާންގައި، ހައްލު ކުރަންޖެހޭ ކަންކަން ހައްލު ނުކޮށް، ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ޗާގޯސް އާއި ގުޅޭ މައްސަލައެއްގެ ވާހަކަ ދެކެވޭ އިރު، އެ މައްސަލަ އަކީ ކޮބައިކަމާއި، އޭގައި ވެގެން އުޅެނީ ކީއްކަމެއް ދިވެހި ރައްޔިތުންނަށްވެސް ރަނގަޅަށް ނޭނގޭކަމަށެވެ. އަދި މިހާރު ކަންކަން ވެގެން މިއުޅޭ ގޮތްވެސް ޚުދު އޭނާއަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް ސާފު ނުވާ ކަމަށާ، ސަރުކާރުން އެކަން ސާފު ނުކޮށްދޭ ކަމަށެވެ. 

އަދި އެމައްސަލައާއި ގުޅިގެން ވަޒީރުންގެ މެދުގައިވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ގަބޫލުނުކުރައްވާއިރު، އެކަމާއި ބެހޭ ކުޑަ ނަމަވެސް މައުލޫމާތެއް ސަރުކާރުން ދެއްވީ ރައްޔިތުން ނުކުމެ "ހޯ ގޮވައި" ހަޅޭލެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ކުރިން ދެކެވުނު ވާހަކައާއި އެ ޕްރެސްގައި ދެކެވުނު ވާހަކަތަކުން އަނެއްކާވެސް ރައްޔިތުންނަށް ބޮޑު އޮޅުންތަކެއް އަރާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ. 

މިއާއެކު ހަސަން ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު، އެ އިންތިހާބު ކާމިޔާބު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ނަމަ މިއީ އަޅާނުލައި ފޮރުވާލާފައި ބާއްވާ ވަރުގެ ކުޑަ މައްސަލަ އެއް ނޫން ކަމަށާ މި މައްސަލަތަކުގެ "ވާނުވާ" ރައްޔިތުންނަށް އޮޅުންފިލުވައިދީ، ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެމްޑީޕީން އަޅުގަނޑުމެން އެ އިންތިހާބު [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރަން ބޭނުން ކަމަށްވަންޏާ، މީކީ ކުޑަ މައްސަލައެއް ނޫން. އަޅާނުލާ ފޮރުވާލާފައި ބާއްވައިގެން ގޮސްގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލުކޮށްގެނެއް ނުވާނެ"

މެންބަރު ހަސަން ލަތީފް 

ހަސަން ލަތީފް އިތުރަށް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކީ ކަންކަން ހިނގާ ގޮތް ސާފުކޮށް ބުނެ ނުދިނުމެވެ.

"ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، އެގެންގުޅޭ ސިޔާސަތެއް ކަމަށް އަޅުގަނޑަށް ފާހަގަވަނީ އެއްވެސް ސިޔާސަތެއް ނުގެންގުޅުމުގެ ސިޔާސަތު، އެއްވެސް ކަމެއްގައި އެއްވެސް ސިޔާސަތެއް ނުގެންގުޅުމުގެ ސިޔާސަތު. ޓްވީޓަކަށް ސްޓޭންޑް ބަދަލުވުން. ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅު ދެކެވަޑައިގެންފައި ދަންނަވާލާ ވާހަކައަކަށް ސްޓޭންޑް ބަދަލުވުން. އެއީ ސިޔާސަތެއް ކަމަށް ގަބޫލުކުރެވޭކަށް ނެތް" 

މެންބަރު ހަސަން ލަތީފް 

ހަސަން ވިދާޅުވީ މިކަމުގައި ކަން ހިނގާ ގޮތާއި ދެން ވާން އުޅޭގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔާނުދޭ ކަމުގައި ވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"މިކަންކަން ނުކުރައްވާ [މައްސަލަތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުނުކޮށްދީ] ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން"

މެންބަރު ހަސަން ލަތީފް 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.