ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ހަބަރު
16 Nov 2022 | 10:31
އަހަރެމެންނަށް ”ރަބަރު ތައްގަނޑަށް“ ގޮވި މީހުން މިއޮށް ނުކުންނަނީ މުލިއާގެއިން: ޝުޖާއު

ކުރީގެ ރައީސް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި، މިހާރުގެ އިދިކޮޅު ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވީއިރު، މަޖިލީހަށް ފޮނުވާ ބިލުތައް ސަރުކާރުން ފޮނުވާ ގޮތަށް ”ރަބަރު ތައްގަނޑަށް“ ޖަހާފައި ފާސްކުރި ކަމަށް ބުނެ ފާޑުވިދާޅުވި ބޭފުޅުން، މިހާރު އެ ނުކުންނެވީ މުލިއާގެ އިން ކަމަށް ވިދާޅުވެ، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނަށް ފާޑުވިދާޅުވެއްޖެއެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެ ފާޑުވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާއި މެދު ނުރުހުން ފާޅުކޮށް އެކަމުގެ ޝަކުވާ އާއި އެކު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހްއާއި ބައްދަލު ކުރައްވަން މުލިއާގެއަށް އިއްޔެ ވަޑައިގެންނެވުމާއި ގުޅިގެންނެވެ. 

އެގޮތުން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމަށް ”ރަބަރު ތައްގަނޑަށް“ ގޮވި މީހުންނަށް ތަރައްގީއަށް ކަމެއް ނުކުރެވޭ ތަނުގައި "ފެލަނީ" ރައްޔިތުން ކަމަށެވެ. 

"އަހަރެމެން ރަބަރު ތައްގަނޑުވެގެން އޮންނާނެ ބުރިޖަކާ، 25 ބުރީގެ ހޮސްޕިޓަލަކާ، މާސިންގާ އެއަރޕޯޓަކާ، 14 ހާހަށްވުރެ ގިނަ ފުލެޓާ، 104 ހާސް ވަޒީފާ އުފައްދާފަ. މި ރަބަރު ތައްގަނޑުތައް ފެލަނީ ރައްޔިތުން." ޝުޖާއު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަނުގައި ހިމެނޭ 26 މެމްބަރުން އެމަނިކުފާނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއި، އަދި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުމުގެ ކަންކަން ރައީސް ނަޝީދު ލަސްކުރައްވަމުން ގެންދަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވުމާއި މެދު މަޝްވަރާ ކުރައްވާފައެވެ.

ތިން ބާރު ވަކިކުރެވިފައިވާ ވެރިކަން ކުރުމުގެ ނިޒާމެއްގައި މިފަދަ ކަމެއް ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންގެ ކިބައިން ފެނުމާއި ގުޅިގެން އެޕާޓީގެ މެންބަރުންނާއި އިދިކޮޅު މެންބަރުންވެސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.