އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Nov 2022 | 11:41
ބައެއް މެމްބަރުންގެ ހަތަރެސްފައިގައި ރައީސް އޮފީހުން އޮންނަނީ ވާ ޖަހާފައި: އާޒިމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކޮންޓްރޯލުކުރަމުންދަނީ ރައީސް އޮފީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

އަލީ އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކަށް ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވާ ރައީސް އޮފީހުން ކޮންޓްރޯލު ކުރުމަކީ ހިތާމަކުރާކަމެއްކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުން ތިއްބަވާކަމަށާއި، އެފަދަ މެމްބަރުންގެ ސިފަތައްވެސް އާޒިމް ވަނީ ވިދާޅުވެދެއްވާފައެވެ. 

"ސަރުކާރު މެމްބަރެއްގެ ފުރަތަމަ ޝަރުތަކީ އެމީހަކަށް އެމީހެއްގެ ދަރިއަކަށް، އަތްބަކަށް، ފިރިއަކަށް ނޫނީ ތިމާގެ މީހަކަށް ސިޔާސީ ކޮންމެސް ބޮޑު ވަޒީފާއެއް ލިބިފައި އޮންނަން ޖެހޭނެ. ދެވަނަ ޝަރުތަކީ އެމީހަކަށް، އެމީހެއްގެ އަތްބަކަށް، ފިރިއަކަށް، ދަރިއަކަށް ނުވަތަ ގާތްތިމާގެ މީހަކަށް ކޮންމެސް ރަނގަޅު ޕްރޮޖެކްޓެއް ސަރުކާރުން ލިބިފައި އޮންނަން ޖެހޭނެ. ތިންވަނަ ޝަރުތަކީ އެމީހަކަށް، އެމީހެއްގެ އަތްބަކަށް، ފިރިއަކަށް. ދަރިއަކަށް، އެމީހެއްގެ ގާތްތިމާގެ ކޮންމެވެސް މީހެއްގެ މައްސަލަ ޝަރީއަތުގައި ނޫނީ ފުލުސް އޮފީހުގައި ކޮންމެވެސް ތަނެއްގައި ތަހުގީގުކުރެވެމުން ހިނގަމުން ދާނެ ޖެހޭނެ"

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް 

ސަރުކާރު މެމްބަރުންގެ ޝަރުތުތައް ހާމަކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ އެ ޝަރުތުތައް ހަމަވާ މެމްބަރުންގެ ހަތަރެސްފައި ރައީސް އޮފީހުން ބަނދެފައިވާކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް އެމީހުން ކޮންޓްރޯލު ކުރަމުންދާ ކަމަށެވެ. 

"ރައީސް އޮފީހުގައި މިތާ ތިބއްވެި ބައެއް މެމްބަރުންގެ ހަތަރެސްފައި އޮންނަނީ ބަނދެފަ އެކޮޅުގައި ވާ ޖަހާފައި، ބޭނުންކޮޅަށް ވާ ދަމާލީމާ ކަންކަން އުސޫލުން މި ރައްޔިތުންގެ މަޖިލީހުގައި ކަންކަން ކުރަނީ"

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް 

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ފަހަރެއްގައިވެސް ސަރުކާރު ތަމްސީލުކުރާ ތަނެއް ނޫންކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަމުގައި ސަރުކާރުން ބޭނުންވާހާ ގޮތަކަށް މަޖިލީހުން ނިންމުންތައް ނިންމަން ނުޖެހޭނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ހަސަން ކުރުސި
އަނެއްބައިމެމްބަރުންގެ ފައިގައި ޖަހާފައިވަނީ ކެނެރީގެއިން
16 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް