އެމްޑީޕީގެ ވިޕާއި ޚިލާފުވި މެމްބަރުން/ ފޮޓޯ: ސަންގު
ހަބަރު
16 Nov 2022 | 13:32
ޓެކްސްބިލާއި ދެކޮޅަށް ވޯޓުދިން އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ!

ސަރުކާރުން ހުށައަޅާފައިވާ ގޮތަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވޯޓުދިން އެމްޑީޕީގެ މެމްބަރުންނާއި ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލު ހުށައެލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގެ ޕީޖީގެ ލީޑަރޝިޕުން ވަނީ ސަރުކާރުން އެދޭގޮތަށް އެ ބިލު ފާސްކޮށްދިނުމަށް ވިޕްލައިން ނެރެފައެވެ. އަދި އެ ބިލާއި ދެކޮޅަށް ވޯޓުދޭ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީގެ ޕީޖީ ވަނީ ބުނެފައެވެ. 

މިއަދު އެ ބިލަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، އެމްޑީޕީގެ 14 މެމްބަރުން ވަނީ ޓެކްސް ބިލު ބޮޑުކުރުމަށް ހުށައެޅި ބިލަށް ވޯޓުދިނުމަށް ނެރުނު ވިޕާއި ޚިލާފުވެފައެވެ. އަދި ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވޯޓުދެއްވާފައެވެ. 

ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވޯޓުދިން އެމްޑީޕީގެ މެމްބަރުން:

1. ހެންވާރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު

2. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

3. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

4. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

5. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

6. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

7. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

8. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

9. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

10. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

11. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން

12. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

13. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު

14. ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު

އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ނުދެއްވި ނަމަވެސް މަޖިލީހުގެ މެޖޯރިޓީއާއެކު އެ ބިލު ވަނީ މިއަދު ފަސްކޮށްފައެވެ. 

އެހެން ނަމަވެސް ބިލު ފާސްކުރުމަށް ވޯޓުދިނުމަށް ނެރުނު ވިޕާއި ޚިލާފުވި މެމްބަރުންނާއި ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުން އެދުނުގޮތަށް މިއަދު ޓެކްސް ބޮޑުކުރުމަށް ހުށައެޅި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބިލާއިމެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަން ބިލާއި ދެކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.  

އަދި އާމްދަނީ ހޯދާނެ އިތުރު ގޮތެއް ސަރުކާރަށް ދެއްކިފައި ނުވާއިރު ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ނޫންކަންވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.