ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ފަރުގައި ވަޅުގަނޑުތަކެއް ހެދި ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް-- ފޮޓޯ: އީޕީއޭ
ހަބަރު
17 Nov 2022 | 13:58
ފަރަށް ލިބުނު ގެއްލުމަށް ޖޫރިމަނާ ދައްކަން އެފްކޮންސް އަށް އެއްމަސް!

ބްރިޖު ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އިންޑިއާގެ އެފްކޮންސް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ ދައްކައި ހަލާސްކުރަން އެއް މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރި "ޔުވްރާޖް" ޕްލެޓްފޯމު ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް އެ އެޖެންސީއާއި ޕްލެޓްފޯމްގެ ވެރިފަރާތާއި ގުޅިގެން ޖޮއިންޓް-ސާރވޭއެއް ކުރެވި، 22-14 އޮކްޓޯބަރ ގައި ޕްލެޓްފޯމްގެ ވެރިފަރާތުން ކުރިޔަށް ގެންދިޔަ ސާރވޭ އެއްގައި އެ އެޖެންސީގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައިވާނެ ކަމަށެވެ.

އަދި އެ އެޖެންސީގެ އެސެސްމެންޓް ރިޕޯޓުންނާއި، ޕްލެޓްފޯމުގެ ވެރިފަރާތުން ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރެވުނު މަސައްކަތުން އެ ސަރަޙައްދުގެ ފަރުގެ އެކި ދިމާދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާކަމާއި، އެގޮތުން 2755 އަކަމީޓަރުގެ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާކަމަށް އެ އެޖެންސީން ކަނޑައަޅާފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ. 

އަދި މި ޕްލެޓްފޯމް ފަރަށް އަރާފައިވަނީ "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ – މާލޭ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ ކޮންޓްރެކްޓަރ އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑްގެ ފަރާތުން އެ ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި ކަމަށްވާތީ، ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ވުމާއެކު އެ ޕްލެޓްފޯމް ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން ފަރުގެ މާޙައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލުގައި 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ދިވެހިރުފިޔާއިން އެފްކޮންސް އިންފްރާސްޓަކްޗަރ ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާކަމާއި، އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އެފްކޮންސް އިންފްރާސްޓަކްޗަރ ލިމިޓެޑަށް 13 ނޮވެމްބަރ 2022 ގައި އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. 12 ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

އޭގެ ސަބަބުން ވިލިމާލޭ ފަރަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ވެފަ އެވެ. އެގޮތުން، ފަރުގެ ހަތަރު ތަނަކަށް ޕްލެޓްފޯމުގެ ފައިތައް ވަދެ، އިސްކޮޅަށްވުރެ ފުން ވަޅުގަނޑު ހުރީ ހެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.