ރައީސް ޔާމީން ޕީޕީއެމް އޮފީހުގައި/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Nov 2022 | 18:33
ވ އާރަށް މައްސަލަ: ހެކިބަސް ނަގާ ނިމުނުފަހުން ދައުލަތުން ހުށައެޅި އިތުރު ހެކިތައް ޝަރީއަތުން ބަލއިގެންފި

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްވަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން ހެކިންގެ ހެކިބަސް ނަގާއި، ހެކިންނާއި ސުވާލު ކުރުމުގެ މަރުހަލާ ނިމުނު ފަހުން ދައުލަތުން ހުށައެޅި އިތުރު ހެކިން ޝަރީއަތުން ބަލައިގެންފިއެވެ. 

އެ މައްސަލައާއި ގުޅިގެން މިއަދު ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވާއިރު، މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ދައުލަތުން ހުށަހެޅި އާ ހެކިތަކަކީ ޖިނާއީ އިޖްރައާތުގެ 135 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ނިންމަވާފައެވެ. 

ގާޒީ މިފަދައިން ނިންމަވާފައި ވީ ނަމަވެސް އެ ނިންމެވުން މުރާޖާ ކުރެއްވުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމުގެ ފަރާތްޕުޅުން ވަނީ އެދިލައްވާފައެވެ.

އެފަހުން ހެކިންނާއި ގުޅޭގޮތުން ވާހަކަދައްކަވަން ފައްޓަވަމުން ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ވަނީ ގާޒީގެ ނިންމެވުން މުރާޖާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ. 

އެހެން ނަމަވެސް އެ ފުރުސަތު ދެވެން ނެތްކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފައެވެ. އަދި ހެކިންނާއި ގުޅޭގޮތުން ވާހަކަދައްކަވާއިރު، އަލަށް ހުށައެޅި ހެކިތައް ހިފަނައިގެން ވާހަކަދެއްކެވުމަށްވެސް ގާޒީ ވަނީ ދައުލަތަށާއި، ދިފާއަށްވެސް އަންގަވާފައެވެ. 

ދައުލަތުގެ ފަރާތުން އާ ހެކީގެ ގޮތުގައި ހުށައެޅީ ރައީސް ޔާމިންގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައެޅި އަހުމަދު ނަރީޝްގެ ހެކިބަހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވި ހެކިބަސް ނަފީ ކުރެވޭނެ ހެކިތަކެއްކަމަށް ދައުލަތުން ވަނީ ބަޔާންކޮށްފައެވެ. 

މިއަދު ކުރިއަށްދާ އަޑުއެހުން ދިގުލައިގެން ދިޔަ ނަމަވެސް ހެއްކާއި ގުޅޭގޮތުން ވާހަކަދައްކާ ނިމެންދެން މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަވާނެކަމަށް މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.