މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ): ފޮޓޯ/މަޖިލިސް
ހަބަރު
18 Nov 2022 | 10:49
"ދައުލަތުގެ ޚަރަދު ހަމަޖައްސަން އެންމެ ރަނގަޅު ގޮތަކީ ޓެކްސް ބޮޑު ކުރުންކަމަށް ތަޖުރިބާކާރުންދެކޭ"

ދައުލަތުގެ ޚަރަދު ހަމަޖައްސަން އެންމެ ރަނގަޅު ގޮތަކީ ޓެކްސް އަދި ނޮން ޓެކުސް ރެވެނިއު އިތުރު ކުރުންކަމަށް ތަޖުރިބާކާރުން ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. 

ޓެކްސް ބޮޑު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށާއި އަދި ޓެކުސް ބޮޑު ކުރާ ބިލަށް ތާއިދުކޮށް ވޯޓު ދިން މެންބަރުންނަށް ފާޑުކިޔަމުން ދަނިކޮށް، އެ ނިންމުން ދިފާއުކޮށް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،  ދައުލަތުގެ ޚަރަދު ހަމަޖައްސަން އެންމެ ރަނގަޅު ގޮތަކީ ޓެކްސް އަދި ނޮން ޓެކުސް ރެވެނިއު އިތުރު ކުރުންކަމަށް ތަޖުރިބާކާރުން ދެކޭ ކަމަށެވެ.

މިއާއެކު އޭނާ ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރަން ތާއީދު ކުރެއްވީ ގައުމުގެ އިގުތިސޯދު އަނދަވަޅަކަށް ވެއްޓުނަނުދީ ހިފެހެއްޓުމާއިއެކު ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތް މެދުނުކެނޑި ދެވޭނެ ގޮތް ފަހި ކުރުމަށް އެއީ މިހާރު ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށެވެ. 

"މުޅި ދުނިޔޭގެ އިގްތިސާދު އިދަ ޖެހިފައިވާ ދަނޑިވަޅެއްގައި ގައުމުގެ އިގްތިސާދު ހުއްޓުނަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ ޚަރަދު ކުރުމަށް ޖީއެސްޓީ ބޮޑު ކުރީ" ޝަރީފް ވިދާޅުވިއެވެ. 

އަންނަ ޖެނުއަރީމަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ފާސްވެފައިވަނީ 55 މެންބަރުން ވޯޓުންނެވެ. އެ ބިލާއި ދެކޮޅަށް ވޯޓް ދެއްވީ 26 މެންބަރުންނެވެ. 

މިއާއެކު ޖީއެސްޓީ 6 އިންސައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އުފުލިގެންދާނެއެވެ. އެއާއެކު ތަނެތީގެ އަގުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓް
މިއަދު
ދައުލަތުންކުރާ ބޭކާރު ޚަރަދުކުޑަކުރުމަކީ އޮތްކަމެއްނޫންތޯ
18 Nov 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.