ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު--ފޮޓޯ/މަޖިލިސް
ހަބަރު
18 Nov 2022 | 12:59
ބުރިޖުގެ ޓެސްޓް ޕައިލްއެކޭ ކުރީޒަމާނު ނެރުބައްތިއެކޭ އެއްވެސް ތަފާތެއްނެތް: ސައީދު

ތިލަމާލެ ބްރިޖުގެ ފުރަތަމަ ޓެސްޓް ޕައިލް އާއި، ދިވެހިން އެންމެ ކުރީޒަމާނު ޖަހައި އުޅުނު ނެރުބައްތިއަކާ ތަފާތެއް ނެތްކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ. 

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށާފައިވާއިރު, ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ތަނބުތަކުގެ ތެރެއިން ފުރަތަމަ މެރިން ޓެސްޓް ޕައިލް މިހާރު ވަނީ ފެނުން މައްޗަށް ނަގާފައެވެ. 

ބްރިޖުގެ މަސައްކަތް ލަސްވުމާއި އަދި ޖެހުނު ފުރަތަަމަ ޓެސްޓު ޕައިލް ހުރި ގޮތުން އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައި ބިލިއަން ރުފިޔާ "ކަނޑަށް އަޅާފައި" ދައްކާލި އެއްޗަކާއި، އެންމެ ކުރީޒަމާނު ދިވެހިން ޖަހާއުޅުނު ނެރުބައްތިއެކޭ އެއްވެސް ތަފާތެއްނެތް ކަމަށެވެ. 

"ހައުސިންމިނިސްޓްރީން މީގެފޫހުރިގޮތެއް ބަލާލަންފެނޭ" ތިލަމާލެ ބްރިޖުގެ މަސައްކަތަށް ފާޑުވިދާޅުވެ ސައީދު ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ބްރިޖު މަޝްރޫއު ކުރިއަށް ދަނިކޮށް ބްރިޖު ޕްލެޓްފޯމު ފަރަށް އެރުމުން އެފްކޮންސް 69 މިލިއަނުން ޖޫރިމަނާ ކުރުމާއި ގުޅިގެން ސައީދު ވިދާޅުވީ ފަރަށް އެ ލިބުނު ގެއްލުމުގެ ޖޫރިމަނާ ވެސް އެފްކޮންސް އިން ނުދައްކާނެ ކަމަށެވެ. އެ ޖޫރިމަނާ ދައްކާނީ ސައީދު ވިދާޅުވި ގޮތުގައި ޕްރެޖެކްޓް އަވަސްކުރުމުގެ ނަމުގައި އިންޑިޔާއިން ދިވެހިންގެ ބޮލުގައި އެޅުވި 100 މިލިއަން ޑޮލަރުގެ ކޮމިޝަން ލޯނުންނެވެ.

ކޮމެންޓް
IBRAHIM HUSSAIN
ކަލޭ ރަގަޅު ތިހެން ބުނަން... ހޮޓެލް ސުކޫލްގަ މަނިކުފާން ޓެސްޓް ޕޭޕަރ ކޮޕީކޮށް ގެން ލެކްޗަރަ އަށް ރިޝްވަތުފީގެން ނިންމީ ކޮން ގޮތަކަށް ތޯ..؟
18 Nov 2022
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.