އާޓިފިޝަލް ބީޗުގައި ބަހައްޓާފައިވާ ބޮޑު ސްކްރީން --ފޮޓޯ: މިހާރު
ހަބަރު
20 Nov 2022 | 18:17
ވޯލްޑް ކަޕް ގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީންތަކެއް

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީނުތައް ބަހައްޓައިފި އެވެ.

މިކަން އަންގައި މާލެ ސިޓީ ކައުންސިލުން ބުނީ، މާލެ އަދި ވިލިމާލޭގައި މިހާތަނަށް 14 ތަނެއްގައި ސްކްރީން ބަހައްޓަން ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން ހުއްދަ ދީފައިވާ ތަންތަނުގެ ލިސްޓް ސިޓީ ކައުންސިލުން ވަނީ އާއްމު ކޮށްފައެވެ. އަދި ބޮޑު ސްކްރީން ބަހައްޓަން މިހާތަނަށް ހުއްދަ ދީފައިވާ ފަރާތްތައް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މާކެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގައި ބޮޑު ސްކްރީން ބަހައްޓަން ހުއްދަ ދީފައިވާ ތަންތަން

ގަލޮޅު ސިޓީ ޕާކް

ޗާންދަނީ މަގު ވޮއްކޮޅު ގޯޅި

އާޓިފިޝަލް ބީޗް

އިއްޒުއްދީން މަގާއި ސަބްދެލި މަގު ގުޅޭ ކަންމަތި

ލައިމޫން ކެފޭ ކުރިމަތި

އަބަދައް އުފާ މަގާއި ތަނޑިރަތްމާ ގޯޅި ކަންމަތި

ވީއާރް ކެފޭ ހިންގަމުންދާ ގާކޮށި ބީ208 ގެ ބޭރު

އެސްޓީއޯ އިމާރާތް ހުންނަ ވެސްޓް ޕާކް ސަރަހައްދު

ނިޔަނދުރު ގޯޅި

މ. ޗަނބޭލީ މަގު

ވިލި މާލޭގައި ބޮޑު ސްކްރީން ބަހައްޓަން ހުއްދަ ދީފައިވާ ތަންތަން

ބަނދަރު ސަރަހައްދުގެ ހުޅަނގުކޮޅު

ބަނދަރު ސަރަހައްދުގެ އިރުމަތީ ކޮޅު

ވ.ދިހަވެހިއާ ދިމާ ބަނދަރު ސަރަހައްދު

ބީއެމްއެލް ވިލިމާލެ ބްރާންޗާ ޖެހިގެން އޮންނަ ހުސްބިން

ވ.ޒިފިޔަސް ކުރިމަތީ ހުސްބިން

މީގެ އިތުރުން، ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވާގޮތުން، މެޗު ބަލަން މަގު ބަންދުކުރުމަށް އެދެމުންދާތީ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާ ވަގުތު ބައެއް މަގުތައް ބަންދުވާނެ ކަމަށެވެ. އެގޮތުން، ކޮންމެ މެޗެއް ފެށުމުގެ 30 މިނެޓުން ފެށިގެން، މެޗު ނިމުމަށް ފަހު 30 މިނެޓާ ހަމައަށް ބަންދުވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި މެޗު ނިމުމަށް ފަހު އަނބުރާ ދަތުރުފަތުރު ކުރެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށާއި، އަދި މެޗު ފެށުމުގެ މާ ކުރިން ވެސް މަގު ބަންދު ނުކުރުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި އަންގާފައިވެ އެވެ.

ބަންދު ކުރަން ހުއްދަދީފައިވާ ސަރަހައްދުތައް މާލެ ސިޓީ ކައުންސިލްގެ ވެބްސްއިޓާއި ޓްވިޓާގައި އާންމުކުރަމުން ދާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.