ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް އާއި ބަލައިނުގަތުމަށްކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ހަބަރު
21 Nov 2022 | 13:12
އާރަށު މައްސަލަ: ނާޒިމްގެ ހެކިބަސް ވެސް ބަލައިނުގަންނަން ދިފާއުން އެދިއްޖެ!

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަލާގައި ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެމަނިކުފާނު ރިޝްވަތު ދެއްވި ކަމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރެ އެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ޔާމީނުގެ ފަރާތުން ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބާކީ ބައި މިއަދުވެސް ކުރިއަށް ގެންދަވާފައިވާއިރު، ދައުލަތުގެ ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލުން ވަނީ ރައީސް ޔާމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް އެދިލައްވާފައެވެ.

އޭގެ ސަބަބުތައް ހާމަ ކުރައްވަމުން ދިފާއުން ވަނީ، ހެކިބަސް ދެއްވަމުން ނާޒިމް ވަނީ އޭނާގެ ހާޒިރުގައި އަދީބު ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެނެސްދިން ކަމަށާ އެ ފައިސާ ގެނެސްދެއްވީ ކެމްޕޭނަށް ފައިސާއަށް ބޭނުންޖެހިފައިވާތީކަމަށް ވިދާޅުވެފައި ކަން ފާހަގަކުރައްވާފައެެވެ.

އަދި މީގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނަތް އުފަންވީވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ދަރަނި ދެއްކުމުގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވި ކަން ފާހަގަކުރައްވައި ދިފާއުން ވިދާޅުވީ، ނާޒިމްއަކީ ޔާމީނުގެ ކެމްޕޭނުގެ މާލީ ކަންކަމުގައި އުޅުއްވި ފަރާތެއް ނޫން ކަމަށާއި، އޭނާ ދައްކާފައިވާ ވާހަކަތަކަކީ އަމިއްލަ ހިޔާލުގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ނާޒިމްގެ ހެކިބަހަށް ބުރަދަން ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ދިފާއުން ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް ނާޒިމް ހެކިބަސް ދެއްވިއިރު އޭނާއަކީ މިހާރު ރައީސް ޔާމީނުގެ ގާތް އެކުވެރިއެއް ނޫން ކަމަށާ، އޭނާ ޖަލަށް ލީ ދުވަހުން ފެށިގެން ރައީސް ޔާމީނާ ގުޅުމެއް ނޯންނަކަމަށާ އެހެންނަމަވެސް، އޭނާ ރައީސް ޔާމީންއާ މެދު އަދާވަތްތެރިކަމެއް ނޯންނާނެކަމަށް ވިދާޅުވިއިރު، ޔާމީނުގެ ވަކީލުން ވަނީ ނާޒިމްއަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ހެއްކެއްކަމަށް ބަޔާން ކުރައްވާފައެވެ. އެހެންކަމުން އޭނާގެ ހެކިބަސް ބަލައި ނުގަތުމަށް ދިފާއުން ވަނީ އެދިލައްވާފައެވެ. 

މި މައްސަލައިގައި ހެކިބަހާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާ މިހާރު ކުރިޔަށްދާއިރު، މިއަހަރު ނިމުމުގެ ކުރިން މި މައްސަލައިގައި ހުކުމާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރައްވާ ކަމަށް ޝަރީއަތުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ބިރުބޮޑު
އެހެންވިއްޔާމު ޔާމީނު ފަރާތުން ހެކިހަދައިގެން ކޯޓަށްއައި ނަރޭޝް މުހައްމދު އިިސްމާއީލް ޒުހޫރު ސައީދު އަބްދުﷲ ގެ ހެކިވެސް ކޯޓަށް ބަލައި ގަނެގެންނުވާނެ ވަރަށް ވަރަށް ސާފް
21 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ