ސަޕޯޓަރުންގެ މެދުގައި ހިނގައި ދިޔަ ހަމަނުޖެހުމާއި ގުޅިގެން ދައުރުވި ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް
ހަބަރު
22 Nov 2022 | 18:35
އިންޑިއާގެ، ބްރެޒިލް އަދި އާޖެންޓީނާގެ ސަޕޯޓަރުން ތަޅާފޮޅުމަކަށް

ދުނިޔޭގެ ފެންވަރުގައި ކުޅެވޭ އެންމެ ފޯރި ގަދަ ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ފެށިފައިވާއިރު، އެ މުބާރާތުގައި ކުޅޭ ބްރެޒިލް އަދި އާޖެންޓީނާ އަށް ސަޕޯޓް ކުރާ އިންޑިއާގެ ސަޕޯޓަރުންތަކެއްގެ މެދުގައި ހަމަނުޖެހުން ތަކެއް ހިނގައިފިއެވެ. 

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހިނގައިދިޔަ މި ހަމަނުޖެހުންތަކާއި ގުޅޭ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު، ދެ ޓީމުގެ ސަޕޯޓަރުން އެއްބައެއް އަނެއް ބައެއްގެ ގައިގައި އަތުންނާއި ދަނޑި ބުރިބުރިން ތަޅައި، ކަރުގައި ހިފައި އެނޫންވެސް އަނިޔާދޭ މަންޒަރު ވީޑިއޯ އިން ފެނެއެވެެ. 

އެކަމާއި ގުޅިގެން ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވާއިރު، ހަމަނުޖެހުންތައް ހުއްޓުވުމަށް ދިޔަ ބައެއް މީހުންނަށް، ބްރެޒިލް އަދި އާޖެންޓީނާގެ ޖާޒީ ލައިގެން އެ ދެ ގައުމުގެ ދިދަ ހިފައިގެން ތިބި ސްޕޯޓަރުންނާއި އެނޫންވެސް މީހުން ވަނީ އަނިޔާދީފައެވެ. 

އިންޑިއާގެ ބްރެޒިލް އަދި އާޖެންޓީނާގެ ސަޕޯޓަރުން ތަޅާފޮޅުމަކަށް ދިޔަ ސަބަބެއް ސާފު ނުވި ނަމަވެސް، މިއަދު ވޯލްޑް ކަޕް ގައި އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗުން 1-2 އިން އާޖެންޓީނާގެ މައްޗަށް ސައުދީއިން ކުރި ހޯދާފައިވާކަން ފާހަގަކޮށްލަންޖެހެއެވެެ. 

ފީފާ ވޯލްޑް ކަޕާއި ގުޅިގެން އިންޑިއާގެ ސަޕޯޓަރުން ތަޅާފޮޅުން ގަނޑަކަށް ގޮސް، އެކެއް އަނެކެއް ގައިގައި ދަޑިންތަޅައި ކަރުގައި ހިފާ ހިސާބަށް ދިޔަ އިރު، އިންޑިއާ އަކީ ވޯލްޑް ކަޕްގައި ކުޅޭ ގައުމެއްވެސް ނޫން ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އަމިއްލަ ގައުމު ނޫން އެހެން ގައުމަކަށްޓަކައި އެ ހިސާބަށް ސަޕޯޓަރުން ދިޔުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އެމީހުންނަށް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.