ބީއެމްއެލްގައި 4 މިލިޔަން ރުފިޔާގެ ޚިޔާނާތެއް ހިނގައިފި

17 Jan 2019 | 20:15

ދިވެހިރާއްޖޭގެ ގައުމީ ބޭންކްކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްގައި 4.9 މިލިޔަން ރުފިޔާގެ ޚިޔާނާތެއް ހިނގައިފާވަކަމަށް ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބޭންކްއިން ބުނީ ބޭންކުގެ އިންޓާނަލް އޮޑިޓުން ކުރި ތަހްގީގުން ދައްކާގޮތުގައި ބޭންކުގެ މުވައްޒަފަކު އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓާނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމަށް އޭނާ އަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފައިވާކަން ފަޅާއަރާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށައެޅިފައިވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބީއެމްއެލްއިން މި ޚިޔާނާތުގެ ވާހަކަ ހާމަކޮށްފައިވަނީ އެކަމުގެ ވާހަކަތައް ސޯޝަލް މީޑިޔާގައި އޭގެ ވާހަކަތައް ދެކެވެމުންދަނިކޮށެވެ.

Advertisement

ކޮމެންޓް