މުބާރާތުގައި ވާދަކުރި މާލޭ ސިޓީ ކައުންސިލްގެ ޓީމު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
26 Nov 2022 | 13:34
ހުރިހާ މެޗަކުން މޮޅުވެ އަތޮޅުލީގު ބެޑްމިންޓަން ޗެމްޕިއަންކަން މާލެ ސިޓީ ކައުންސިލްގެ ޓީމަށް

އައްޑޫ ސިޓީ ކުޅިވަރު އެރީނާގައި ކުރިޔަށްދިޔަ 13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގައި ވާދާކޮށް މާލެ ސިޓީކައުންސިލްގެ ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ.

13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ފިރިހެނުންގެ ކެޓެގަރީއިން ޖުމްލަ 7 ޓީމަކުން ވަނީ ވާދަކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ފާހި ސްޕޯޓްސް، އައްޑޫ ސިޓީ އައިލެންޑް ވޮއިސްއޮފް ޔޫތު، ފުވައްމުލަކު ސިޓީ ކައުންސިލް، ހދ. ހުވާސް، ހުވަދޫ ބެޑްމިންޓަން ކްލަބް، ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލްގެ ޓީމުން މުބާރާތުގެ ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ ރޭ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންކުރިހޯދައިގެންނެވެ.

13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ކުރިއަށް ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު މަހުގެ 19 އިން 25 ށެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ ޓީމަކުން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެއާއެކު މާލެ ސިޓީ ކައުންސިލްގެ ޓީމުން މި ހޯދި ކާމިޔާބީއަށް މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވަނީ މަރްޙަބާ ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.