ސުޕްރިމް ކޯޓު/ ފޮޓޯ: ޚަބަރު އޮންލައިން
ހަބަރު
29 Nov 2022 | 10:55
ގަޒުފުކުރި މީހެއްގެ ގައިގައި ހައްދުޖަހަން ކުރި ހުކުމް ދަމަހައްޓައިފި

ގަޒުފުކުރި ފިރިހެނެއްގެ ގައިގައި 80 އެތިފަހަރުން ހައްދުޖަހަން ކުރި ހުކުމް ސުޕްރިމް ކޯޓުން ދަމަހައްޓައިފިއެވެ. 

ގދ ތިނަދޫގެ ފިރިހެނަކު ވަނީ އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫންކަމަށް ބުނެ ގަޒުފުކޮށްފައެވެ. 

އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައިވަނީ ރެސްޓޯރެންޓެއްގެ ތެރޭގައި ފިރިހެނަކާ މުހާތަބުކޮށް ވާހަކަ ދައްކަމުން، އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނި މައްސަލާގަ އެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފުކޮށް، ބުނެފައިވަނީ ދަރިފުޅުގެ ނަސަބު ނަފީ ކުރުމަކީ ގާނޫނުލްއުގޫބާތު އޮތްގޮތުން އެ ކަން ގަޒްފުގެ ކުށަކަށް ނުވާނެ ކަމަށެވެ. އަންހެންމީހާ ޒިނޭ ކުރި ކަމަށް އޭނާ ސާފު އިބާރާތުން ބުނެފައި ނުވާތީ އަދި ދަރިފުޅުގެ ނަސަބު ނަފީ ކުރުމަކީ ގަޒްފުގެ ކުށަށް ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

ހެކިންގެ ހެކިބަހުން އެނގުނު ގޮތުގައި އެހެން ފިރިހެނަކު، ފިރިމީހާއާ ދިމާލަށް ބުނެފައިވަނީ އޭނާގެ "އަންހެނުން (ނަން އުނިކޮށްފައި) ގެ ބަނޑުގައި އޮތީ (ފިރިމީހާ) ގެ ދަރިއެއް ނޫން ކަމާއި އެއީ (އެހެން ފިރިހެނެއް) ގެ ދަރިއެއް" މިފަދައިންނެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އިސްލާމީ އުއްމަތުގެ ޖުމްހޫރު އިލްމުވެރިންގެ ބަހަށް ބަލާއިރު، ޒިނޭ ކުރިކަމަށް ސީދާ ނުބުންޏަސް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ ޒިނޭގެ ތުހުމަތަކަށް ވާނަމަ، ގަޒްފުގެ ކުށް ސާބިތުވާނެ ކަމަށެވެ. އަދި ވައްބަހުން ވެސް ގަޒްފު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން، މަޖާޒީ ގޮތެއްގައި ނުވަތަ އިޝާރާތަކުން ޒިނޭގެ ތުހުމަތު ކުރިޔަސް، ހައްދު ގާއިމް ނުކުރެވޭނެ އެވެ. އެއީ ހައްދުތައް ގާއިމް ކުރުމުގައި ޝައްކުތަކުން ދުރުވާން ޖެހޭއިރު، އެ ހާލަތުގައި ޝައްކެއް އުފެދޭނެތީ ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.

ކޮމެންޓް
ސުޕްރީމް
ދެން އިބޫ ގެ ބޮލުގަ ޒިނޭގެ އިލްޒާމް އެޅުވި މައްސަލާގަ އަންނި ގައިގަ ކީއްވެ ހައްދު ނުޖަހަނީ
29 Nov 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.