ރައީސް އޮފީސް
ހަބަރު
29 Nov 2022 | 13:02
އެއްބަސްވުންތަކާ ޚިލާފުވުމުން ލިބޭ ގެއްލުމުގެ ބަދަލުދޭނެ އުސޫލެއް ހަދައިފި

ސަރުކާރާ އި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި އެއަށް ޢަމަލުކުރަން ފަށައިފިއެވެ. 

ރައީސް އޮފީހުން އޮއްޔެ ނެރެފައިވާ މިއުސޫލުގައި ބުނީ، އެއީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާމެދު، ޤާނޫނާއި، ގަވާއިދާއި، ސަރުކާރުން އާންމުކޮށް ޢަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށް އަދި އެއްވެސް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އަމާޒުކޮށްގެން ސަރުކާރުން ޢަމަލުކޮށްފައި ވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުޞަތަށް ބަދަލު ހަމަޖައްސައިދީ، މާލީ ގެއްލުން ލިބިފައިވާނަމަ، އެފަދަ ގެއްލުމަކަށް ޢަދުލުވެރިކަމާއި ހާމަކަމާއެކު އަދި ދައުލަތުން އުފުލަންޖެހިދާނެކަމަށް އަންދާޒާކުރެވޭ މާލީ ބުރަ ވީވަރަކުން ކުޑަކުރުމާއެކު،ގެއްލުމުގެ ބަދަލު ހަމަޖައްސައިދީ ނުވަތަ ގެއްލުމުގެ ބަދަލު ދީ، މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެއް ކަމަށެވެ. 

އަދި މި އުސޫލުގެ ދަށުން ޙައްލުކުރާނީ ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، 7 އޮގަސްޓު 2008 އިން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚާ ދެމެދު، އެ އެއްބަސްވުމަކާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ސަރުކާރުން ޢަމަލުކުރުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.

1) އެއްބަސްވުން ބާޠިލުކުރުން؛

2) އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުން؛

3) އެއްބަސްވުމާ ޚިލާފުވުން؛

4) ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާޠިލުކުރުން.

މީގެ އިތުރުން މި އުސޫލަށް ޢަމަލުކުރަން ފަށާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، މި އުސޫލަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މި އުސޫލާ އެއްގޮތަށް އެ މައްސަލައެއް ހުށަހަޅަންވާނެ ކަމަށްވެސް އޭގައި ބުނެފައިވެއެވެ. 

މިއާއެކު އެ އުސޫލުގައި ބުނީ، އެ އުސޫލުގެ ދަށުން މައްސަލަ ޙައްލުކުރުމަށް ހުށަހަޅާނީ، އެއްބަސްވުންތަކާ ގުޅޭ މައްސަލަ ޙައްލުކުރުމަށް ހުށަހަޅާނީ، ދައުލަތުގެ ފަރާތުން އެ އެއްބަސްވުމެއް އެކުލަވައިލައި ފައިވާ މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ނުވަތަ އެއްބަސްވުމާ ގުޅުންހުރި ވިޔަފާރީގެ ހުއްދަތަކުގެ މައްސަލަތައް ޙައްލުކުރުމަށް ހުށަހަޅާނީ، އެ ވިޔަފާރިއެއް ރެގިއުލޭޓް ކުރުން މަތިކުރެވިފައިވާ މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ކަމަށެވެ. 

އުސޫލުގައި ބުނެފައިވާ ގޮތުގައި މިއުސޫލުގެ ދަށުން މައްސަލަ ހައްލު ކުރުމަށް ކޮމެޓީއެއް އުފައްދަން ޖެހޭނެއެވެ. އެކޮމެޓީގައި ތިބޭނީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ފަރާތެކެވެ.

ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ބޭއިންސާފުން ވަކި ބަޔަކަށް އެކަނި އަމާޒުކޮށްގެން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ފާހަގަކޮށްފިނަމަ ނުވަތަ ެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ހުއްދައެއް ދޫނުކުރުމުގެ މައްސަލައެއް ނަމަ، ނުވަތަ ހުއްދައެއް ބާޠިލުކުރުމާ ގުޅޭ މައްސަލައެއް ނަމަ، އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެ މައްސަލައިގައި ޢަމަލުކޮށްފައިވަނީ، އެކަމާ ގުޅޭ ޤާނޫނާ ނުވަތަ ގަވާއިދާ ނުވަތަ އުސޫލަކާ ނުވަތަ އެފަދަ ހާލަތްތަކުގައި އާންމުކޮށް ޢަމަލުކުރާ ގޮތާ ޚިލާފަށްކަން ފާހަގަވެއްޖެ ނަމަ ވެސް ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ