އާރަށުގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ހަބަރު
30 Nov 2022 | 13:30
ވ އާރަށު މައްސަލައިގެ ދައުލަތުގެ ޚުލާސާ ބަޔާން: ޑޮލަރު ގަތުމުގެ މުއާމަލާތެއް ނުހިނގާ!

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި ގުޅޭ މައްސަލައިގެ ޚުލާސާ ބަޔާން ދައުލަތުން ހުށައަޅައިފިއެވެ. 

ވ އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީލޯންޑާ ކުރި ކަމުގެ ކުށުގެ ދައުވާއެވެ. 

ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، މައިގަނޑު ގޮތެއްގައި މަސައްކަތްކޮށްފައިވަނީ ރައީސް ޔާމީންއާއި ޔޫސުފް ނައީމާއި ދެމެދުގައި ހިނގާފައިވަނީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމަލާތެއް ނޫންކަން ސާބިތުކޮށްދިނުމަށެވެ. 

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގު މަރުހަލާގައި ހާމަނުކުރާ ހެކިތަކެއް ޝަރީއަތުގެ މަރުހަލާގައި ހާމަކޮށްފައިވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ރައީސް ޔާމީންއާއި ޔޫސުފް ނައީމާއި ދެ ފަރާތަށް ތަފާތު ވާހަކަތަކެއް ދެއްކިދާނެތީ، އެކަމުން ސަލާމަތްވުމަށް ކަމަށެވެ. 

ތަހުގީގު ނިމި ޝަރީއަތް ފެށުމުން ދެ ފަރާތުންވެސް އެއް ހެކިތަކެއް ހުށައަޅާފައިވާކަމަށާއި، އެއް ލިޔެކިޔުންތަކެއް ހުށައަޅާފައިވާއިރު އެ ހެކިތަކާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. 

ރައީސް ޔާމީންއާއި ޔޫސުފް ނައީމާއި ދެމެދުގައި ހިނގާފައިވަނީ ޑޮލަރުގެ މުއާމަލާތެއްކަމަށް ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ހެކިތަކަކީ އުފައްދައިގެން ހުށައަޅާފައިވާ ހެކިތަކެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައވާކަމަށް ޙުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ބުނެފައެވެ. 

އެގޮތުން ހެކިންގެ ގޮތުގައި ހުށައެޅި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ރަޝީދުގެ ހެކިބަހަށް ބަލާއިރު، ވަކި ކަންތައްތަކެއް ހަނދާން ހުރެފައި، އެ މައްސަލައާއި ގުޅޭ ގިނަ ކަންތައްތަކެއް ހަނދާން ނެތުމަކީ، އެ ހެކިތަކުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭކަމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. 

އޭގެ އިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތަށް ރައީސް ޔާމީން އޭރު އަދާކުރެއްވި މަގާމުގެ ނުފޫޒު ފޯރުވާފައިވާކަމަށެވެ. ވ އާރަށް ކުއްޔަށް ދޫކުރުމަށް އިއުލާނު ކުރުމުގެ ކުރިން ޔޫސުފް ނައީމުގެ މަސްލަހަތު އޮންނަ ކުންފުންޏަށް އެކަން އެނގުމާއި، ވ އާރަށް ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގައިވެސް ރައީސް ޔާމީން ނުފޫޒު ފޯރުވާފައިވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

ދައުލަތުން ބުނިގޮތުގައި ރަށްތައް ފިޝަރީޒް މިނިސްޓްރީން ޓުއަރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމުގެ ޤާނޫނީ ބާރު އޮންނަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމަށްވާތީ، ރަށްތައް ކުއްޔަށް ދޫކުރުމުގެ ފެށުން އޮންނަނީ ރައީސްގެ އަތްޕުޅުގައި ކަމަށްވާތީ ފަހުން ހިނގާ ކަންކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެއެވެ. 

އަދި އޭގެ އިތުރަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރީ އަދީބު އެކުލަވައިލެއްވި އުސޫލެއްގެ ދަށުންކަމަށްވީ ނަމަވެސް އަދީބު މަޤާމަށް އައްޔަންކުރެއްވި ބޭފުޅަކީ ރައީސް ޔާމީންކަމަށްވާތީ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ. 

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ އެފަދަ ކަންކަން ހިނގާފައިވާއިރު، ރައީސް ޔާމީންއަށް ޔޫސުފް ނައީމު ދިން އެއް މިލިއަން ޑޮލަރަކީ ސައްހަ ވިޔަފާރީގެ މުއާމަލާތެއްކަމަށް ބެލެވޭނެ ޖާގަ ނެތްކަން ދައުލަތުން ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލައިގައި ރައީސް ޔާމީން ރިޝްވަތު ނެންގެވިކަން ސާބިތުކޮށްދިނުމަށް ހުށައެޅި ފޯނުތަކުގެ އަދި ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓުތަކަށްވެސް ބުރަދަން ދެވޭނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ރައީސް ޔާމީންއަށް އެއްމިލިއަން ޑޮލަރު ދިނުމަށް ވިދާޅުވިކަމަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ބުނާ ބުނުމަށްވެސް ބުރަދަން ދެވޭނެކަމަށް ދައުލަތުން ވަނީ އެދިފައެވެ. 

ދައުލަތުގެ ޚުލާސާ ބަޔާން ނިންމާލަމުން އެދިފައިވަނީ، ދައުލަތުން ހުށައެޅި ހެކިތަކަށް ބަލައި، ދައުލަތުން އުފުލާފައިވާ ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ. 

ކޮމެންޓް
ތަހު
ރޔާމީނަށް ނަސްރާ ކާމިޔާބު ދެއްވާށި އާމީން.
02 Dec 2022
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.