ރައީސް ޔާމީން ޕޮލިހަށް ވަޑައިގަތުމަށްފަހު ނިކުންނަވަނީ/ ފޮޓޯ: ހަމަ
ހަބަރު
30 Nov 2022 | 22:55
ވ. އާރަށް މައްސަލަ: ދިފާއުން ބުނީ ކުށް ސާބިތުވާ ވަރަށް ދައުލަތަށް ހެކި ހުށަނޭޅޭކަމަށް!

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއާއު ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާ، އެ މައްސަލައިގެ ޚުލާސާ ބަޔާން މިއަދު ވަނީ ދެފަރާތުންވެސް ހުށައަޅާފައެވެ. 

އެ މައްސަލައިގައި ޚުލާސާ ބަޔާން އިއްވަމުން ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީނާއި، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ ފަރާތުންވެސް ވަނީ އެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ދައުލަތަށް ހެކި ހުށައެޅިފައި ނުވާކަން ބަޔާންކޮށްފައެވެ. 

އެގޮތުން ޚުލާސާ ބަޔާން އިއްވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ވ އާރަށުގެ މުއާމަލާތަށް ރައީސް ޔާމީން ނުފޫޒު ފޯރުވިކަން ސާބިތުކުރެވޭ ހެއްކެއް ދައުލަތުން ހުށައަޅާފައި ނުވާކަމަށެވެ.

އެކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ދެ ފަރާތަކީ (ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަކީ) އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކެއްކަމަށް ވެފައި، ނުފޫޒު ފޯރުވިކަން ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ހަމައެކަނި ހެއްކަކީ އެ ދެފަރާތްކަމަށް ވުމުން، އެ ހެކިންގެ ހެކި ބަހަކީ އިތުރު ހެކި ގަރީނާއާއި ނުލާ ބަލައިގަނެވޭނެ ދެ ފަރާތްކަމަށް ރާއްޖޭގެ ސުޕްރިމް ކޯޓުން ކަނޑައަޅާފައިވާތީވެ، އެމީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން ޚުލާސާ ބަޔާން އިއްވަމުން ޑރ ޖަމީލު އިތުރަށް ވިދާޅުވީ ދައުލަތުން ދައްކަމުންދާ ވާހަކަތަކީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި ދައުލަތުން މަސައްކަތްކުރަނީ ވަކި ނަތީޖާތަކެއް ނެރެ ކޯޓަށް ވަކި މަންޒަރެއް ދެއްކުމަށްކަމަށް ވިދާޅުވިއެވެ. 

އެ މައްސަލައާއި ގުޅިގެން ޔޫސުފް ނައީމުގެ ގާނޫނީ ވަކީލުންވެސް އެކަންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުށް ސާބިތުކޮށްދެވޭވަރަށް ދައުލަތަށް ހެކި ހުށައެޅިފައި ނުވާކަމަށް ޔޫސުފް ނައީމުގެ ފަރާތްޕުޅުން ޚުލާސާ ބަޔާން އިއްވަމުން ގާނޫނީ ވަކީލު ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން ޔޫސުފް ނައީމް އަތްޕުޅުން ރައީސް ޔާމީން އެއްމިލިއަން ޑޮލަރު ބައްލަވައިގެންފައި ނުވާކަން ދައުލަތަށް ސާބިތުކޮށް ނުދެވޭކަންވެސް ޔޫސުފް ނައީމުގެ ގާނޫނީ ވަކީލު ފާހަގަކުރެއްވިއެވެ. އެނޫންވެސް މުހިންމު ގިނަ ނުގުތާތަކެއް ޔޫސުފް ނައީމުގެ ފަރާތްޕުޅުން ވަނީ ހުށައަޅުއްވާފައެވެ. 

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުންވެސް ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދެން އޮންނާއި މި މައްސަލައިގައި ހުކުމް އިއްވުމެވެ. ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާވެސް ސާބިތުވާކަމަށް ކަނޑައަޅާދިނުމަށް ކޯޓުގައި އެދިފައެވެ.

އެހެން ނަމަވެސް ދިފާއުން ބުނެފައިވަނީ ކުށް ސާބިތުވާވަރަށް ހެކި ގަރީނާ ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާތަކަށް، ދައުވާލިބޭ ދެ ފަރާތްވެސް ވަނީ އިންކާރުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ