ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ--ފޮޓޯ/އަވަސް
ހަބަރު
01 Dec 2022 | 12:03
ރޭޕް ކުރަން އުޅުނު އުމުރުން ދުވަސްވީ މީހާ ނިޔާވި އިރުވެސް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކުރޭ!

ހދ. ވައިކަރަދޫގައި ޖިންސީ ގޯނާ ކޮށް ރޭޕް ކުރަން މަސައްކަތްކުރި 81 އަހަރުގެ އަންހެންމީހާ ނިޔާވިއިރުވެސް މައްސަލާގަައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ. 

ޖިންސީ ގޯނާ ކުރެވުނު އަންހެން މީހާގެ ދަރިފުޅު މީގެ ކުރިން އެކަމާއި ގުޅިގެން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ރޭޕް ކުރަން މަސައްކަތް ކުރި ފިރިހެން މީހާގެ ފޮޓޯއެއްވެސް ހިއްސާ ކޮށްފައެވެ. އަދި ފުލުހުންނަށް އެމީހާ ހައްޔަރު ނުކުރެވުފައި ވަނީ އޭނާ ކޯޓު އަމުރެއް ނުލިބިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ، އެ މީހާ މިހާރު ޑިންގީއެއްގައި އެރަށުވެސް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން އޭނާ ބުނީ، އެ މީހާ އަކީ ލަނޑާ ދޯންޏެއްގައި މަސައްކަތް ކުރާ ށ. ނޫމަރާ އަަށް ނިސްބަތްވާ މީހެއް ކަމަށާ އޭނާ ހައްޔަރުކޮށްފައިވާ ކަމެއް އަދި ނުވާ ކަމެއްވެސް ނޭނގޭ ކަމަށެވެ. 

މިކަމާއި ގުޅިގެން ފުލުހުން އޭރު ވިދާޅުވީ، ހދ. ވައިކަރަދޫގައި 81 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރި މައްސަލައެއް ނޮވެމްބަރު 11 ވަނަ ދުވަހުގެރޭ 19:00 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

ޖިންސީ ގޯނާ ކުރެވުނު އެ އަންހެން މީހާ، މިހާރު ނިޔާވެފައިވާކަމަށް ވޮއިސް އަށް މައުލޫމާތު ލިބިފައިވާއިރު، އެ މީހާ އަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރި މީހާ ހައްޔަރު ކުރެވިފައިވޭތޯ 'ވޮއިސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަަށާއި، މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.