ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ހަބަރު
05 Dec 2022 | 11:10
ސްކޭމް މައްސަލަ ތަކާއި ގުޅިގެން އަހަރުގެ މިހާތަނަށް 23 މިލިއަން ރުފިޔާގެ ގެއްލުން!

މި އަހަރުގެ މިހާތަނަށް ސްކޭމް މައްސަލަ ތަކާއި ގުޅިގެން 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ. 

ހަމީދު ވިދާޅުވީ ރާއްޖޭގައިވެސް ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް ގިނަވަމުންދާއިރު، އެފަދަ ވޯކްޝޮޕަކީ އެފަދަ ކަންކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި ދެނެގަންނަން ކުރިއަށް ގެންދިއުން މުހިންމު ވޯކްޝޮޕެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސްކޭމްގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއް. މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަތަ ހުށަހަޅައިފައިވޭ. އަދި ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވޭ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އާއްމު ރައްޔިތުންނާއި އެފަދަ ބޮޑު ގެއްލުންތަކެއް ވެފައިވާއިރު އެއީ އިގްތިސާދީ ނަޒަރަކުން ބަލާއިރުވެސް އަންދާޒާ ކުރެވޭނެ ގެއްލުމެއް ނޫންކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން އެކަންކަން ހައްލު ކުރުމަށް އެންމެހައި މުވައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ހަމީދު އިތުރަށް ވިދާޅުވީ، މިއަދު ފެށުނު މަލްޓި އެޖެންސީ ވޯކްޝޮޕަކީ އެ މިސްރާބަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.  

މި ވޯކްޝޮޕަކީ ސްކޭމްގެ މައްސަލަތަކާއި އިކޮނޮމިކް ކްރައިމްއާ ގުޅޭގޮތުން ފުލުހުންނާއި އިތުރު ފަރާތަކުން ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ