ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް:ފޮޓޯ/މަޖިލިސް
ހަބަރު
06 Dec 2022 | 22:46
ބުރިޖު ހަދަން ބޭނުންކުރާ ކެރޭން ވެއްޓުމާއި ގުޅިގެން އަސްލު އޮޅޭ ގޮތަށް ޚަބަރު ފަތުރަމުންދޭ: މިނިސްޓްރީ

ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން ބޭނުންކުރަމުން އަންނަ ކެރޭނެއް ކަނޑަށް ވެއްޓުމާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ. 

ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުން ކުރަމުން އައި ކެރޭނެއް އިއްޔެ ކަނޑަށް ވެއްޓިފައިވާއިރު އެ ކެރޭނު ވެއްޓުމުގެ ސަބަބުން ކެރޭނު ހަރުކޮށްފައިހުރި ޕްލެޓުފޯމުވެސް އަރިއަޅައިލާފައިވެއެވެ. 

އެކަމާއި ގުޅިގެން މައުލޫމާތު ދެމުން ޕްލޭނިންގ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމް ފެއިލްވެފައިވާ ކަމަށެވެ. 

‏އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއްނުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ކްރޭންގެ ބޫމް ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ނެގިފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީން ވަނީ އެކަމާއި ގުޅިގެން އެ މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވޭ ކަމަށް ބުނެފައެވެ.

‏"މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާކަން މި މިނިސްޓްރީއިން ފާހަގަކުރަމެވެ." ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ. 

ކޮމެންޓް
ހަންތެޅޭ
އަސްލު އޮޅުނަސް ނުއޮޅުނަސް ތިޔަ މީހުންނަށް ވަނީ ޖުހާއަށް ވާވަރު
06 Dec 2022
އަލީ
އަސްލުގަ މޫދަށް އެޅިފަހުރި ކުރޭނުގެ ހިޔަނި. އޮޅުވާނުލާ.
07 Dec 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.