މާލޭ ސިޓި ކައުންސިލުން ހިންގާ މާލޭ ފެހި އައުޓްލެޓު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
07 Dec 2022 | 12:17
މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެން ދިޔަ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ހައްދާ ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމް ކުރެވުނު ނާސަރީ އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލުމާއިއެކު، ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅު ތެރޭގެ ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. 

މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީ އިން އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުތަކުގައި ”މާލެ ފެހި“ އައުޓްލެޓަށް ބޭނުންވާ ގަސްތައް އަތޮޅުތެރޭގެ ދަނޑުވެރިންއަތުން ބައްލަވައިގަތުމަކީ ގަސްހައްދާ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއްކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ދަނޑުވެރިން ސިފަކުރަމުންދާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. 

ކައުންސިލްގެ ގަސް ޕްރޮގްރާމަށް ލިބެމުންދާ ތަރުޙީބާއި ގުޅޭގޮތުން ގަސްކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު ވިދާޅުވީ މި ޕްރޮގްރާމް ފެށިއިރުވެސް މޭޔަރު މުޢިއްޒު އާއި ކައުންސިލްގެ ވިސްނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެމީހުންނަށްވެސް މަންފާވާގޮތަށް މިކަން ކުރިއަށްގެންދިއުން ކަމަށެވެ.

ކައުންސިލަރ ނާޞިރު ވިދާޅުވީ "މާލެ ފެހި " ޑިޒައިން ކުރެވިފައި ވަނީ ގަސް ގަންނަ ސެންޓަރެއްގެ ގޮތުގައި ގޮތުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީއިން އަތޮޅުތެރޭގެ ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން ބަލްކްކޮށް ގަސްތައް ގަންނަމުންދާކަމަށެވެ.

އެއާއެކު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަދި ބަގީޗާގަސްތައް ހައްދާ ފަރާތްތަކަށްވެސް ވަރަށްބޮޑު އުފަލަކަށް މިކަން ވެގެންދިޔަކަމަށާއި، ދަނޑުވެރިންގެ ވަރަށްބޮޑު ތަޢުރީފެއްމިކަމަށް ލިބި ދަނޑުވެރިން ތިބީ އުފަލުން ކަމުގައި އޭނާ ވިދާޅުވިއެވެ.

”ޑިމާން އެބައޮތް. ޙަޤީޤަތުގަ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭވަރަށްވެސް އެބައޮތޭ ދެންނެވިދާނެ.ފެށިއިރު އަޅުގަނޑުމެންވެސް ހީކުރީ ވަރަށްބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތި ލާންޖެހޭނެ ކަމަށް. އެކަމަކުވެސް އަޅުގަނޑުމެން ހީކުރިވަރަށްވުރެ މާބޮޑުތަރުޙީބެއް މިކަމަށް ލިބެމުންދަނީ. ޓާގެޓަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅު“

ކައުންސިލަރ ނާޞިރު

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިންދާފައެވެ. މިއާއިއެކު މާލެ ވަށައިގެން ކަދުރު ރުއްތައް އިންދުމުގެ މަސައްކަތް 24 މެއިގައި ފެށިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.