ލަނޑު ޖެހުމަށްފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
09 Dec 2022 | 17:11
ކުޅުންތެރިން ދަނޑުމަތީގައި ނެށި ނެށުމާއި ގުޅިގެން މަޢާފަށް ނޭދޭނަން: ޓީޓޭ

މިހާރު ގަތަރުގައި ކުރިއަށްދާ ފީފީ ވޯލްޑްކަޕްފެ ދެ ވަނަ ބުރުގައި ބްރެޒިލް އާއި ސައުތު ކެރެއާ ބައްދަލުކުރި މެޗުގައި ސައުތު ކޮރެއާ ކޮޅަށް ގޯލި ޖެހި ކޮންމެ ފަހަރަކު އުފާ ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ކުޅުންތެރިން "ސަމްބާ ޑާންސް" އަށް ނެށި ކަމަށްޓަކައި މަޢާފަށް ނޭދޭނެ ކަމަަށް ބްރެޒިލްގެ ކޯޗު އެޑެނޯ ލިއޮނާޑޯ ބަޗީ (ޓީޓޭ) ބުނެފިއެވެ. 

ބްރެޒިލްގެ އެ މެޗުގައި ކޮންމެ ލަނޑެއް ޖެހުމާ އެކު ހެން، ކުޅުންތެރިން މި ނެށުމެއް ނަށާފައިވާއިރު، ރިޗާލިސަންގެ ލަނޑަށް ފަހު ބްރެޒިލްގެ ކޯޗު ޓިޓޭ ވެސް ވަނީ މި ނެށުމުގައި ބައިވެރިވެފަ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އެ ޓީމަށް އަމާޒުވެފައިވާއިރު، އެއީ އިދިކޮޅު ޓީމަށް ކުރެވޭ މަލާމާތެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ބްރެޒިލްގެ ކޯޗު ކުޅުންތެރިންނާއި އެކު ނަށަނީ

އަދި އޭގެ އިތުރުން، އެ މެޗުބަލަމުންދިޔަ އިނދެވުނީ ފުޓްބޯޅަ މެޗެއް ކަމެއް ނުވަތަ ނެށުމުގެ ޝޯއެއް ކަމެއް ހަނދާން ނެތުނު ކަމަށާ، މިއީ ބްރެޒިލް ފުޓްބޯޅައިގެ އާދަކާދަ ނަމަވެސް، އެފަދަ ކަންކަން ކުރާއިރު އިދިކޮޅު ޓީމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް ބައެއް ފުޓްބޯޅަ ކުޅުންތެރިންވެސް ވަނީ ބުނެފައެވެ. 

އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ބްރެޒިލް ގެ ކޯޗު ޓީޓޭ ވަނީ، ބްރެޒިލް ގެ ތަރީޚާއި އާދަކާދަ ނޭނގޭ މީހުންގެ ކައިރިން އޭނާ މަޢާފަށް އެދެން ނުޖެހޭކަމަށެވެ. 

"އަހަރެމެންގެ ޘަގާފަތަކީ ނަށައި މަޖާކުރުން ކަމަށްވާއިރު، އެކަމަށްޓަކައި އަހަރެން މަޢާފަށް ނޭދޭނަން. ޓީމުގެ ކުޅުންތެރިންނާއި ގުޅެން ކުރެވެން އޮތް ކަމަކީ ނެށުން ކަމުގައި ވާނަމަ އަހަރެން އެ މީހުންނާއި އެކު އަދިވެސް ނަށާނަން" އުމުރުން 61 އަހަރުގެ ޓީޓޭ ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ