ޝުޖާއު ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Dec 2022 | 11:50
އިންޑިއާއަށް ކަނޑުވިއްކާލަން ރައީސް ޞާލިހު ފޮނުވި ސިޓީ އަދި ލީކު ވާނެ: ޝުޖާއު

ދިވެހިރާއްޖޭގެ ކަނޑުން ބައެއް އިންޑިއާއަށް ވިއްކާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ސިޓީފުޅު އަދި ލީކު ވާނެކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އެ ޖަލްސާގައި ޝުޖާއު ވަނީ ސަރުކާރުން ކުލަގަދަކޮށް މަސްވެރިންގެ ދުވަސް ފާހަގަކުރިއިރު، މަސް ކަނޑުތައް އަވައްޓެރި އިންޑިއާއަށް ވިއްކާލާފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. 

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޯލަވައްސަކީ މޮރިޝަސްގެ ސިޔާދަތު ހިނގާ ތަނެއްކަން ގަބޫލުކުރައްވާ ރައީސް ސޯލިހު ފޮނުއްވެވި ސިޓީފުޅު ސިއްރުކުރައްވައިގެން ހުންނެވި ނަަމަވެސް އެ ސިޓީފުޅުވެސް އަދި ލީކުވެ، ކަނޑު ވިއްކާލިކަން ފަޅާއަރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. 

އެކަމާއި ގުޅުވާ ޝުޖާއު އިތުރަށް ވިދާޅުވީ، ސަރުކާރުން ކަނޑު ވިއްކާ ނުލާނަމަ، ފޯޅަވަހި މައްސަލައާއި ގުޅިގެން ފުލުހުންނާއި ބައްދަލުކޮށް ހަގީގަތް އޮޅުވާލަން މަސައްކަތް ނުކުރާނެކަމަށެވެ. 

"ބައްލަވާ! ވައްކަމެއް މީގެ ތެރޭގައި (ފޯޅަވަހި މައްސަލައިގައި) ނުހިމެނޭ ނަމަ އަމިއްލައަށް ޖެހޭތަ ދިވެހި ފުލުހުން ކައިރިއަށް ދާން؟ ތިމަންނަމެން މީގެ މައުލޫމާތު ހިއްސާކުރަން ބޭނުމޭ.. މިއީ ކުރަން ޖެހޭ ކަމެއްތަ؟ ދިވެހި ފުލުހުންނާއި ސިފައިން އެ ތިބީ ކަނޑު ވިއްކާލި މައްސަލައިގައި ރުޅި އައިސްފައި. އަޅުގަނޑުމެންނަށް އެނގޭ! ސިޓީ ފޮރުވައިގެން އުޅުނަސް އެ ސިޓީ އެބައޮތް އޮތް ހިސާބެއްގައި. އަދި އެ ސިޓީ ލީކުވާނެ"

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު 

ޝުޖާއު ވިދާޅުވީ މިއަދު މި ގައުމު އޮތް ހާލަތާއި މެދު ރައްޔިތުން ވަރަށް ކަންބޮޑުވާކަމަށެވެ. އަދި މި ގައުމު މި އޮތް ހާލަތުން ނަގައި ގަނެވޭނީ މި ސަރުކާރު ބަދަލުކޮށްގެންކަމަށް ޝުޖާއު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވަނީ މި ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ގަދައަޅާ މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފައެވެ. 

ކޮމެންޓް
މުޖުތާޒު
ޅީކުވެއްޖެއްޔާ ރަގަޅީ
12 Dec 2022
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.