މޭޔަރ ޑރ. މުއިއްޒު
ހަބަރު
15 Dec 2022 | 21:16
ކުނި ކަހާ މަސައްކަތަށް ނަގާ މުވައްޒަފުންނަށް މުސާރައަށް 9،600ރ ލިބޭނެ: މުޢިއްޒު

މާލެ އާއި ވިލިމާލޭގެ އާއްމު ތަންތަނުގައި ކުނި ކެހުމަށް، މާލެ ސިޓީ ކައުންސިލުން ނަގާ މުވައްޒަފުންނަށް މުސާރަ އަކަށް 9,600 ލިބޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ލާމަރުކަޒީ ގާނޫނުގެ ދަށުން މަގުތަކާއި އާންމު ތަންތަން ސާފު ކުރުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ވާއިރު، އެ މަސައްކަތް މިހާރު ކުރަނީ ވެމްކޯއަށް އައުޓްސޯސް ކޮށްގެންނެވެ.

ނަމަވެސް، ސިޓީ ކައުންސިލުން ވެމްކޯއާއެކު މާލެ އާއި ވިލިމާލޭގެ ކުނި ކެހުމާއި، އެ ކުނި ނެގުމާއި އުކާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހަމަވުމުން އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެއާއެކު, މާލެ އާއި ވިލިމާލޭ މަގުތަކާއި ޕާކުތަކާއި ފަޅުތެރެއާއި އާންމު ސަރަހައްދުތަކުން ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް ކުރާނީ އެ ކައުންސިލުންނެވެ.

ކައުންސިލްގެ އެ ނިންމުމާއި ގުޅިގެން، ވެމްކޯގެ މުވައްޒިފުންގެ ގޮތުގައި މަގު ކުނިކަހާ އެއްވެސް މީހެއްގެ ވަޒީފާ ގެއްލިއްޖެނަމަ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް އެ މުވައްޒިފަށް ފުރުސަތު ދޭނެކަމަށް މީގެ ކުރިން މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި އެގޮތުން ސިޓީ ކައުންސިލުން ކުނި ކަހަން ނަގާ ކޮންމެ މުވައްޒަފަކަށް މުސާރަ އެއްގެ ގޮތުގައި 9,600 ދޭނެ ކަމަށްވެސް މޭޔަރ ވަނީ މިއަދު ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.