މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު: ފޮޓޯ/މާލެސިޓީ ކައުންސިލް
ހަބަރު
15 Dec 2022 | 23:43
ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ވެއްޖެ: ޑރ. މުޢިއްޒު

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ މާލޭގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮންނަތާ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ޕްލޭން ފާސްކޮށްދީފައި ނުވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކައުންސިލްގެ 80 ވަނަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ މި ޕްލޭން ފާސްކޮށްދެއްވުމަށް އެދި ކައުންސިލުން ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ.

”ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއްއަހަރު ވީ. ލޭންޑް ޔޫސް ޕްލޭން ފޮނުވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި، މިހާރު އެއް އަހަރުވީ.“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭންއަކީ މާލެ ސިޓީގެ ރައްޔިތުންނާއި،ކަމުގެ މާހިރުންނާއި އަދި ސްޓޭކް ހޯލްޑަރުންގެ ޚިޔާލާއި އެކު ތައްޔާރު ކުރެވުނު ލޭންޑް ޔޫސް ޕްލޭނެއް ކަމަށާއި، ފާއިތުވި އެއް އަހަރު ތެރޭގައި ހަތަރު ފަހަރު އިސްލާހު ގެނެސް ފޮނުވުމުންވެސް އަދިވެސް ޕްލޭނިންގް މިނިސްޓްރީއިން މި ޕްލޭން ފާސްކޮށްދީފައި ނުވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މިއާއިއެކު މޭޔަރު ވިދާޅުވީ ޕްލޭނިންގް މިނިސްޓްރީން އެދިލައްވާ ގޮތަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންގެ ޚިޔާލާއިއެކު އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި މަޝްރޫޢުތައް މަޑުޖެހިފައިވަނީ މި ޕްލޭން ފާސްނުވެ އޮތުމުގެ ސަބަބުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވަނީ ލާމަރުކަޒީ ޤާނޫނުގައިވާ ކުންފުނި އުފެއްދުމުގެ ހުއްދަވެސް މާލެ ސިޓީ ކައުންސިލަށް ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

”މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންގް ތައް އެޅޭނެ ގޮތެއް ނެތް. ހައުސިން މަޝްރޫޢުތައް ލަސްވެގެން މިދާ މައިގަނޑު ސަބަބަކީވެސް އެއީ. ކުންފުނި ހެދުމުގެ ހުއްދަ ދިންނަމަވެސް އެކަން ކުރެވޭނެ. މައިގަނޑު ބޮޑެތި ކަންކަން ކައުންސިލަށް ކުރިއަށް ނުގެންދެވިފައި މިވަނީ ސަރުކާރުން ލޭންޑްޔޫސް ޕްލޭން ހިފެހެއްޓުމަށް ކުރި ކަންކަމުގެ ސަބަބުން، ކޮބާ ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް.“ ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މޭޔަރު އިތުރަށް ވިދާޅުވީ އަދިވެސް އުންމީދަކީވީ އެންމެ އަވަހަށް ސަރުކާރުން ކައުންސިލުން ހުށަހެޅި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދެއްވުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.