މަރު ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Dec 2022 | 23:36
މަރު ކޮމިޝަންގެ މިސްބާޙުގެ މައްޗަށް ދައުވާ ކުރަން ރައީސް ޔާމީން ނިންމަވައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދެވި މަރު ކޮމިޝަންގެ މެންބަރު މިސްބާހް އައްބާސް އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

ރިޟްވާން ރަހީނުކޮށް މަރައިލި މައްސަލައިގައި މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހް ވަނީ ރިޟްވާނު މަރައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ރައީސް ޔާމީންގެ ސަރުކާރުގެ އިސް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮންނަކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

”މި މައްސަލައިގައި ތުުހުމަތުކުރެވޭ ތ.އޮމަދޫ ނަރުގިސްވިލާ މުޙައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ރިޟްވާން ގަދަކަމުން ކާރަށް ލައިގެން ގޮސް މަރައިލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދިންކަމަށް މަޢުލޫމާތު ލިބިފައިވޭ. އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުކަން ވެސް ތަޙްޤީޤަށް އެނގިފައިވޭ. މި މަޢުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒްއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގަ ހުރެގެން އެ މީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓްކުރަން އުޅުނު ފަރާތެެއްކަން ފާހަގަކުރެވޭ.“ މިސްބާޙު ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، އެފަދައިން ވިދާޅުވެ، މިޞްބާޙް ޢައްބާސް ދެއްކި ވާހަކަތަކަކީ، މީހަކު އެހެން މީހަކު ގާތު ބުނިކަމަށް އެމީހާ ދެއްކި ކަމަށް ބުނެ ބުނިބުންޏަށް ދައްކާފައިވާ އެއްވެސް އަޞްލެއް ނެތް ޔޯލަ ވާހަކަތަކެއް ކަން ޚުދު މިޞްބާޙް ޢައްބާސްގެ ވާހަކައިން ވެސް އެނގޭ ކަމަށެވެ.

އަދި ރައީސް ޔާމީން އަކީ ކުރިއަށް އޮތް 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓްކަމަށްވާއިރު، އެމަަަނިކުފާނާއި ގުޅޭގޮތުން މިފަދަ އަޞްލެއް ނެތް ވާހަކަތަކެއް ބުނިބުންޏަށް ދެއްކުމަކީ ވަކި ފަރާތަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ގޮތުން އެމަނިކުފާނުގެ އަބުރު ކަތިލައި، ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް މަޤުބޫލުކަން ކުޑަކުރުމަށްޓަކައި ދުރާލާ ރާވައިގެން މިޞްބާޙް ޢައްބާސް ހިންގާފައިވާ ވަރަށް ދަށްފަންތީގެ ސިޔާސީ ސްޓަންޓެއްކަމަށް ދެކޭކަމަށްވެސް ރައީސް ޔާމީން ގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. 

"އަދި، އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ނަގާލުމަށްޓަކައި މިޞްބާޙް ޢައްބާސް ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮތު ވާހަކަތަކެއް ދައްކާފައިވާތީ، އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ނަގައިލުމުގެ ދަޢުވާ މިޞްބާޙް ޢައްބާސްއާ ދެކޮޅަށް ކުރުމަށްޓަކައި، މައްސަލައިގެ ދަޢުވާ ފޯމު މިހާރު ތައްޔާރުކުރަމުންދާ ވާހަކަ އާއި، އަދި މިކަމުގައި އަޅަންޖެހޭ ޤާނޫނީ އެންމެހައި ފިޔަވަޅެއް ލަސްކުރުމެއް ނެތި އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ." ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ. 

ކޮމެންޓް
ޙަސަނު
ލާދީނީ ބައިގަނޑެއް ކޮމިޝަން އަށް ލައިގެން ސަރުކާރުން އެޅިހާބަތަކަށް ރިހައަޅައިގެން މީކިހާބޮޑުކަމެއް
16 Dec 2022
މުހައްމަދު
ކަމިޝަންތަކަށް މިފަދަ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ އެއްޗެއް ނުއެގޭ ގަމާރުން ލީމާ ކޮސް ގޮވާ އަމިއްލަޔަށް ބޮނޑި ބޯނީ.
16 Dec 2022
މިސްބާހު
ވަރަށް ބޮޑު ގަމާރެއް
18 Dec 2022
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.