1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބާގައި ބޭއްވުނު މަދަޙަ މުބާރާތާއި ޤުރުއާން މުބާރާތުގެ 4 ވަނައަށް އައި ކުދިންނަށް އިނާމްދިނުމުގެ ހަފްލާގެ ތެރެއިން:ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
15 Dec 2022 | 23:49
މާލެސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަނީ

ރަމަޟާން މަހަށް ޚާއްސަކޮށް މާލެސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމައިފިއެވެ.

ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވަނީ މާލެސިޓީ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. ޤުރުއާން އަދި މަދަޙަ މުބާރާތުގެ ޤަވާއިދާ އެކު އަންނަ ހަފްތާގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ދާނެއެވެ.

މުބާރާތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ ފާއިތުވި ރަމަޟާންމަހު ފެށިގެންދިޔަ މި ދެ މުބާރާތަށް ވަރަށްގިނަ ބެލެނިވެރިންނާއި، ކުދިންގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަމަށެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ނިންމާފައިވާ މުބާރަތަކީ ކުރީ އަހަރުގެ މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި އަދި ބެލެނިވެރިންގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު ނިމިދިޔަ އަހަރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ މުބާރާތަކަށް ވެގެންދާނެ ކަމަށެވެ.

”އަޅުގަނޑުމެން ވިސްނާފަ މިއޮތީ މި އަންނަ ހަފްތާގައި ފުރުޞަތު ހުޅުވާލަން. އިދާރީ ކަންކަން ވެސް ކުރީފަހަރަށްވުރެ ރަނގަޅަށް ބެލެހެއްޓޭ ގޮތަށް. މަދަޙަ އާއި ޤުރުއާން މުބާރާތުގެ ކިޔެވުންތަކުގެ ރެކޯޑިންވެސް ރަމަޟާން މަސް އަންނަން ވާއިރަށް ނިންމާ، މުލަ ރޯދަ ދުވަހުން ފެށިގެން ޓީވީ ތަކުން ފެންނާނެ ހެން ތާވަލެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް.“ ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

މޭޔަރު ވިދާޅުވީ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ކަންކަންވެސް ރަމަޟާން މަސް ނިމުމާއިއެކު ލަސްތަކެއްނުވެ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މުބާރާތާއި ގުޅޭގޮތުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ފާއިތުވި އަހަރުގެ މުބާރާތަކީ ވަރަށްބޮޑު ތަރުޙީބެއް ލިބިގެން ދިޔަ މުބާރާތެއް ކަމަށާއި، ދުރާލާ ފުރުޞަތު ހުޅުވާލުމުން ގިނަ ކުދިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ.

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭއިރު، މުބާރާތާއި ގުޅޭ އުސޫލާއި ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ މަދަޙަ އަދި ޤުރުއާން މުބާރާތުން ވަނަ ވަނަ އައި ފަރާތްތަކަށް ވަނީ އަގު ހުރި އިނާމު ހަވާލުކޮށްފައެވެ. މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ޤުރުއާން މުބާރާތުގައި 293 ކުދީން ވަނީ ބައިވެރިވެފައެވެ. އަދި މަދަޙަ މުބާރާތުގައި 134 ކުދީން ބައިވެރިވިއެވެ.

މިއިން ކޮންމެ އުމުރުފުރާއެއްގައި އެތައް ދަރިވަރުންނެއް ވާދަކުރި އިރު މި ކުދީންނަށް އިންސާފުކޮށްދިނީ ރާއްޖޭގައި މި ރޮނގުން ފާހަގަކޮއްލެވޭ ފަނޑިޔާރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.