ޏ އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނައިބު ރައީސް ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Dec 2022 | 10:21
ސުކޫލުން ނިކުންނަ ދަރިވަރުން އާންމު ދިރިއުޅުމަށް ތައްޔާރުވާން ޖެހޭ: ނައިބު ރައީސް

ކްލާސްރޫމްގެ ތެރެއިން ލިބޭ ތަޢުލީމްގެ އިތުރަށް ދަރިވަރުންނަކީ އެކި ހުނަރުތައް ދަސްކޮށްގެން ސްކޫލުން ވަކިވެގެންދާ ކުދިންނަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް މިހެން ވިދާޅުވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރުފުރުމުގެ މުނާޞަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރުފުރުނުއިރު ވިސްނާލަންޖެހޭ އެއްކަމަކީ ސްކޫލްގެ ޙަޤީޤީ ދައުރަކީ ކޮބައިކަންކަމަށާއި ސްކޫލަކުން ކުރާ މަސައްކަތަކީ ރަނގަޅު ދަރިންތަކެއް އުފައްދާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުންކަމަށެވެ.

އަދި މިކަންކަމަކީ ސްކޫލް މާހައުލުގެ އިތުރަށް އެންމެންގެ ބައިވެރިވުމާއެކު ކުރަންޖެހޭ މަސައްކަތެއްކަން ނައިބްރައީސް ފާހަގަކުރެއްވިއެވެ.  

ކްލާސްރޫމްގެ ތެރެއިން ދެވޭ ތަޢުލީމްގެ އިތުރަށް ދަރިވަރުންގެ ކިިބައިގައި ހުނަރު އަށަގަންނަވަން ޖެހޭކަން ފާހަގަކުރައްވާ ނައިބްރައީސް ވިދާޅުވީ ސްކޫލް ނިމިގެންދާއިރު ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ހުނަރެއް ދަސްވެފައިވާ ބަޔަކަށް ވާންޖެހޭކަމަށެވެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް އަލި އަޅުއްވާލައްވަމުން ނައިބްރައީސް ވިދާޅުވީ އެ ސްކޫލަށް 50 އަހަރު ފުރޭއިރު އެހެން ސްކޫލްތަކަށް ނަމޫނާ ސްކޫލަކަށް ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ވެގެންދާނެކަމަށެވެ. ނައިބްރައީސް ވަނީ ތައުލީމީ ދާއިރާއިން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.