މާލެ ސިޓީ ކައުންސިލްގެ 81 ވަނަ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން-- ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
21 Dec 2022 | 21:23
އެއް އަހަރު ވީއިރުވެސް ކުންފުނި ހެދުމުގެ ހުއްދަ ނުދިން: މާލެސިޓީ ކައުންސިލް

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަ އަށް އެދި އެއް އަހަރުވެފައިވާއިރުވެސް އެ ހުއްދަ ދީފައިނުވާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 81 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢިޖުރާއަތްތަކެއް ފުރިހަމަ ކުރި ފުރަތަމަ ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށާއި އެހެންނަމަވެސް ޓްރޭޑް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވާކަމަށެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައަޅާފައިވަނީ އޭރު އޮތް ޤަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައެޅިތާ 8 މަސްދުވަސް ފަހުން ޤަވާއިދު ބަދަލުކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ޓްރޭޑް މިނިސްޓްރީއާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް އާއި ފިނޭންސް މިނިސްޓަރ އަދި ލޯކަލް ގަވާރމެންޓް އޮތޯރިޓީ އާއި މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށްފައިވާ ކަމަށާއި އަދި އެބޭފުޅުން ވިދާޅުވިގޮތަށް ލިޔެކިއުންތަކަށް ބަދަލުތައް ގެނެސްފައިވާނެ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެކަން މާލެ ސިޓީ ކައުންސިލަށް ކޮށްދީފައި ނުވާކަމަށެވެ.

ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އެކަން ނުކޮށްދޭކަމަށް ބޮޑަށް ބެލެވެނީ ސިޔާސީ ކަމަކާއި ގުޅިގެން ކަމަށެވެ. އަދި ޑެޕއިޓީ މޭޔަރު ވަނީ ވީހާވެސް އަވަހަކަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާ ފަދައިން ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމަށް ހުއްދަ ދިނުމަށް ގޮވާލައްވާފައެވެ.

ކުންފުނި އުފެއްދުމުގެ ހުއްދަ ނުދިނުމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރ އަހުމަދު އައިފާންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ކައުންސިލަރު އައިފާން ވިދާޅުވީ ލޯކަލް އޮޓޯރިޓީ ކުންފުނި ރަޖިސްޓްރީ ކުރުމަށް މާލެސިޓީ ކައުންސިލުން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކައުންސިލުން އެދުމުން ޤަވާއިދު ބަދަލު ކުރިކަމަށެވެ. ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމުގެ ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކުންފުނީގެ މައްޗަށް ކައުންސިލަށް އޮންނަ ބާރު ގެއްލޭ ފަދަ ގޮތަކަށް އޮތްކަން އައިފާން ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ 187 ރަށް އޮތްއިރު އޭގެތެރެއިން އެންމެ ރަށެއްގެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރުޞަތު ދިނުމަކީ އެއީ ސަރުކާރުން ހާސިލުކުރި މޮޅުކަމެއްގެ ގޮތުގައި ބުނެވެން ނެތްކަމަށާއި ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދާ މާލެސިޓީގެ ކައުންސިލަށް ކުންފުނި ރެޖިސްޓްރީ ކުރުމަށް، ސަރުކާރުން ގެނައި ޤަވާއިދުތަކުގެ ބަދަލުތަކުގެ ސަބަބުން ފުރުޞަތު ނެތް ކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމަށް މަސައްކަތް ނުކުރާކަމަށާއި އޭގެ ލާމަސީލު މިސާލަކީ މާލޭގައި ޕްރޮޖެކްޓެއް ހިންގި ނަމަވެސް ކައުންސިލަށް އެކަން ނޭނގޭކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.