Advertisement

އާދަމް ލަރީފް (ރޮނާ) ގެ ހެޓްރިކާއެކު ކިޔު4 ޕޮލިސްއަށް ފަސޭހަ މޮޅެއް

22 Dec 2022 | 22:57
ކިޔު4 ޕޮލިސް ޓީމުގެ އާދަމް ލަރީފް (ރޮނާ) މިރޭގެ މެޗުގައި ހެޓްރިކެއް ހަދާފައިވޭ

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ގްރޫޕު ސީގެ ފުރަތަމަ މެޗުގައި ބަންގްލަ ޓައިގާރސް އާއި ކިއު4 ޕޮލިސް ބައްދަލުކުރި މެޗު 7-0 ޕޮލިސް ޓީމު ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗުގައި ޕޮލިސް ޓީމުގެ ފަރާތުން ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީފައި ވަނީ އާދަމް ލަރީފް، އަހުމަދު އައްފާން، މިރާސް މުހައްމަދު ޒުހެއިރުގެ އިތުރުން ނަދީމް މުހައްމަދު އެވެ. މެޗުގައި ކިންގް އޮފްދި މެޗަށް ހޮވުނު އާދަމް ލަރީފް ( ރޮނާ ) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކު ހަދައިދީފައިވާއިރު މިރާސް ވަނީ ދެގޯލް ކާމިޔާބުކޮށްދީފައެވެ.

ގައްދޫ ކައުންސިލުން ބާއްވާ މި މުބާރާތް ރަސްމީކޮށް ފެށި މިއަދު ހަވީރު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 12 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ 6 ޓީމަކުންނެވެ. މިއަދު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ މެޗުތަކުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

Advertisement

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.

Advertisement

ކޮމެންޓް