ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަނީ

ފުލުހުންގެ އިދާރާ --

ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މާރިޗު 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ ތުހުމަތަށް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ކޮމެންޓް