Advertisement

ކަނޑުހުޅުދޫ އެފްސީ ކައިރީ ވަނާޗިކާއަށް ހިފަހައްޓައެއް ނުލެވުނު

22 Dec 2022 | 23:37
ވަނާޗިކާއި ކަނޑުހުޅުދޫ އެފްސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ/ގާފް އޮންލައިން

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ގްރޫޕު އޭގެ ދެވަނަ މެޗުގައި އެފްސީ ވަނާޗިކާ 7-2 ން ބަލިކޮށް ކަނޑުހުޅުދޫ އެފްސީ ގުރޫޕް އޭގެ އެއްވަނަ އަށް ޖެހިލައިފިއެވެ. 

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު ފުރަތަމަ ހާފު ނިމުނީ 4-2 ން ކަނޑުހުޅުދޫ އެފްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ކަނޑުހުޅުދޫ ޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ބޮޑުކުރި އިރު މިހާފުގައި ވަނާޗިކާއަށް ފުރަތަމަ ފާހުގައި އެޓީމުން ދެއްކި ކުޅުން ތަކުރާރެއް ނުކުރެވުނެވެ.

މިމެޗުގައި ކަނޑުހުޅުދޫ އެފްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ އައްޒާމް އަލީ ދީދީ، އަލީ އަޒްވާންގެ އިތުރުން އަހުނަފު ޒާހިރު އެވެ. މިމެޗުގައި އަޒްވާން އާއި އައްޒާމް ދެ ގޯލް ކާމިޔާބުކޮށްދީފައިވާއިރު މިރޭގެ މެޗުގެ ކިންގް އޮފްދި މެޗަކަށް ހޮވުނު އަހުނަފު ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައެވެ. މި މެޗުގައި ވަނާޗިކާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސެއިން ހަމީދު އާއި އަހުމަދު އީވާން އެވެ.

Advertisement

ފުރަތަމަ މެޗުގައި އަޔާޑާ އާއި އެފްސީ ލެޖެންޑުން ވާދަކުރި މެޗުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުންނަނީ: ފޮޓޯ/ގާފު އޮންލައިން

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ކަނޑުހުޅުދޫ އެފްސީ ގުރޫޕް އޭ ގެ އެއްވަނާގައި އޮތީ ފައިދާ 5 ގޯލާއި އެކު ލަނޑުގެ ތަފާތުންނެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 3-2 ން އަޔާޑާ އަތުން މޮލުވި އެފްސީ ލެޖެންޑުން އޮތީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާއި އެކު ލަނޑުގެ ތަފާތުން ގުރޫޕްގެ ދެ ވަނާގައެވެ.

ގައްދޫ ކައުންސިލުން ބާއްވާ މި މުބާރާތް ރަސްމީކޮށް ފެށި މިއަދު ހަވީރު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 12 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ 6 ޓީމަކުންނެވެ. މިއަދު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ މެޗުތަކުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން : ފޮޓޯ / ގާފު އޮންލައިން

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.

Advertisement

ކޮމެންޓް