Advertisement

ލިވަޕޫލް ބަލިކޮށް ޗެންޕިއަން ސިޓީ ކުއާޓާ ފައިނަލަށް!

23 Dec 2022 | 03:37
ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ލަނދުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިގިރޭސި ލީގް ކަޕްގެ ދެވަނަ ބުރުގައި ވާދަވެރި ލިވަޕޫލް 3-2 ން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް މެންޗެސްޓަރ ސިޓީއިން ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ފަރިތަކުރުން ތަކުގައި ބުރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް އަނިޔާވެފައި ވާތީ މިރޭގެ މެޗަށް އެކުލަވާލި ޓީމުގައި އޭނާ ނުހިމެނެއެވެ. މީގެއިތުރުން ޕްޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޯޓާ އާއި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް ވެސް މިރޭގެ މެޗަށް ލިވަޕޫލް ނުކުތްއިރު ތިބީ  އަނިޔާގައެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ މެންޗެސްޓަރ ސިޓީ އިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓްގައި ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ވާނީ އެޓީމަށް ލީޑު ހޯދައި ދީފައެވެ. ނަމަވެސް އޭގެ 10 މިނެޓް ފަހުން މެޗުގެ 20 ވަނަ މިނެޓްގައި މިލްނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރ ފަބިއޯ ކާވަލްހޯ ވަނީ ލިވަޕޫލަށް މެޗުގެ ނަތިއްޖާ ހަމަހަމަކޮށްދީފައެވެ.

Advertisement

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ދެވަނަ މިނެޓްގައި ސިޓީއިން ދެވަނަ ޕަހަރަށް މެޗުގެ ލީޑް ހޯދިއެވެ.  މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ފޯވާޑް ރިޔާދު މަހްރޭޒް އެވެ. މިއީ ސްޕެއިންގެ މިޑްފީލްޑަރ ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަހްރޭޒް ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ސިޓީ އިން ލީޑު ހޯދިތާ މިނެޓެއް ނުވަނީ ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގެ ނަތީއްޖާ ހަމަހަމަ ކުރިއެވެ. އުރުގުއާއީގެ ޒުވާން ފޯވާޑް ޑާވިން ނުނޭޒްގެ އެހީތެރިކަމާއި އެކު ލިވަޕޫލަށް މިލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ.

ލިވަޕޫލުން މެޗުގެ ނަތީއްޖާ އެއްވަރުކުރިތާ 10 މިނެޓް ފަހުން ފަހުހާފުގެ 58 ވަނަ މިނެޓްގައި ސިޓީއިން ތިންވަނަ ފަހަރަށް މިމެޗުގައި ކުރި ހޯދިއެވެ. ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރ ނަތަން އަކޭއެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ 3-2 ސިޓީ މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ އެޓީމަށް ލިބިގެންނެވެ.

ޕްރެމިއާ ލީގުގައި މިމަހު 26 ވަނަ ދުވަހު ލިވަޕޫލް އެސްޓަންވިލާ އާއި ދެކޮޅަށް ނުކުންނައިރު މެންޗެސްތަރ ސިޓީ ދެން ކުޅޭ މެޗުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ނުކުންނާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް