އިންތިހާބާ ދިމާކޮށް އިސްތިހާރު ހިއްޕުމާއި ބެނާ ދެމުމުގެ ހުއްދަ ދޫކުރުން ހުޅުވާލައިފި

އިންތިޚާބަކާއި ގުޅިގެން މާލެ ސިޓީގައި ބެނާ ދަމާފައި---

އިންތިހާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުންގެ އިސްތިހާރު ހިއްޕުމަށް ނުވަތަ ބެނާ ދެމުމުގެ ހުއްދަ ހޯދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓެއް އައްޔަން ކުރެއްވުމަށް ޕާޓީ ތަކުގައި ބާއްވާ އިންތިޚާބުތަކާއި އަދި ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތްތަކަށް ކެމްޕެއިން ކުރެއްވުމަށް ތައްޔާރުކުރައްވާ ޕޯސްޓަރ ތަކާއި ބެނާތައް މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ހުއްދަނުނަގާ އެއްވެސް ކަހަލަ ކެމްޕޭނާ ގުޅޭ އިސްތިހާރެއް، މާލެ ސިޓީގެ މަގުތަކުގައި ނުވަތަ އެއްވެސް އާންމު ތަނެއްގައި ހިއްޕުމަކީ ނުވަތަ އެކަމާ ގުޅޭ ބެނާ ދެމުމަކީ މަނާކަމެއް ކަމަށެވެ.

Advertisement

އަދި ހުއްދަނެތި އިސްތިހާރު ހިއްޕާ ނުވަތަ ބެނާ ދަމާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ހުއްދަނެތި ހިއްޕާ ކެމްޕޭނާ ގުޅުންހުރި އިސްތިހާރު ނުވަތަ ދަމާ ބެނާތައް ކައުންސިލްގެ ބެލުމުގެ ދަށުން ވަގުތުން ނަގާ ނައްތާލެވޭނެކަމަށް އަދި، މިހެން ނައްތާލެވޭ އެއްވެސް އެއްޗަކަށް ކައުންސިލުން ޒިންމާނުވާނޭކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement

ގުޅޭ ލިޔުންތައް
02 Apr 2025
ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިވަޕޫލާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔޫކޭއަށް
01 Apr 2025
މަޖިލީހަަށް ވަނީ އެތައް މިލިއަނެއް ހަރަދުކޮށްގެން، މުސާރަ ކުޑަކޮށްފިނަމަ ދަރަނިވެރިވާނެ: ފަލާހް
01 Apr 2025
އެމެރިކާއެއްކަމަކު އީރާނަށް ބިރުދައްކައި އިންޒާރުދީގެން ނުވާނެ: ރަޝިއާ
01 Apr 2025
އެއްވެސް ކެޕިޓަލްއަކާ ނުލައި، އަމިއްލަ ވިޔަފާރިއެއް ފެށުމަށް އީޒެޕުން ޒުވާނުންނަށް ހުޅުވާލައިފި!
01 Apr 2025
އިންޑިއާގެ އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ ހެލިކޮޕްޓަރު ގަންނަނީ
01 Apr 2025
މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހިންގާ އިންވެސްޓްމަންޓްތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފި
01 Apr 2025
ނިލަންދޫ ނަރުދަމާ ނިޒާމް އަލުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިން: މަތީން
01 Apr 2025
ހާމިދުގެ ހެޓްރިކާއެކު ސްޓްރީޓް ބްރޯސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި