Advertisement

ޔަންގު ބޯއީސް އަތުން އޯލް ސްޓާސް މޮޅުވީ 5-1 ން

23 Dec 2022 | 21:27
އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2022 - އޯލް ސްޓާސް އަދި ޔަންގް ބޯއީސް ބައްދަލު ކުރި މެޗުގެ ތެރެއިން:- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި މިރޭ އޯލް ސްޓާރސް އާއި އެފްސީ ޔަންގް ބޯއިސް ބައްދަލުކުރި މެޗު އޯލް ސްޓާސްއިން ކާމިޔާބުކޮށްފި އެވެ.

ގްރޫޕު ސީގައި މި ދެޓީމް ބައްދަލުކުރި މެޗު އޯލް ސްޓާސްއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އޯލް ސްޓާރސް ޓީމަކީ ގައްދޫގެ ލެޖެންޑުން ހިމެނޭ ވެޓަރެންސް ޓީމެކެވެ. އަދި ޔަންގް ބޯއިސް ޓީމަކީ ގައްދޫގައި ހުންނަ ގދ އަތޮޅު މަދަރުސާގެ އުމުރުން 16 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭ ޓީމެކެވެ.

މިރޭގެ މެޗުން ބަލިވި ނަމަވެސް ޒުވާން ޔަންގުބޯއިސް ޓީމުގެ ކީއްޕަރުގެ ފަރާތުން ވަރަށް އުންމީދީ ހުނަރުވެރި ކުޅުމެއްފެނިފައިވެއެވެ. މިރޭގެ މެޗުގައި އޯލް ސްޓާރސްގެ ގިނަ ހަމަލާތަކެއް އޭނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Advertisement

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2022 - އޯލް ސްޓާސް އަދި ޔަންގް ބޯއީސް ބައްދަލު ކުރި މެޗުގެ ތެރެއިން:- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

މިރޭގެ މެޗުގައި އޯލް ސްޓާރސްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަޒީމް އާއި ހަސަން ރަޝީދު އެވެ. އަޒީމް ވަނީ މިރޭގެ މެޗުގައި އޯލް ސްޓާރސްއަށް 4 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ޔަންގް ބޯއިސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ޝާހިލް އެވެ. ޝާހިލްއަކީ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

މިމެޗުގެ ކިންގ އޮފްދަ މެޗަކަށް ހޮވިފައިވަނީ އޯލް ސްޓާރސްއަށް މިމެޗުގައި 4 ގޯލް ކާމިޔާބުކޮށްދިން އަޒީމް އެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސާފައިވާއިރު، ގާފު އޮންލައިން އިން މި މުބާރާތާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދޭނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ.

Advertisement

ކޮމެންޓް