ރައީސް ޔާމީނުގެ ލޯޔަރުންނާއި ލީޑަރޝިޕް އިސްވެރިން --
ހަބަރު
26 Dec 2022 | 13:32
ހުކުމުގެ ރިޕޯޓު އަދިވެސް ނުލިބުމަކީ، މީ ހަރާން ހުކުމެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެއް: ޝުޖާއު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނަށް އިއްވި ހުކުމުގެ ރިޕޯޓު އަދިވެސް ނުލިބުމަކީ، އެމަނިކުފާނަށް އިއްވޯ ހަރާން ހުކުމެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ޔާމީނަށް އިއްވި ހުކުމް އަދިވެސް ނުލިބޭތީއާއި ހުކުމްގެ ވީޑިއޯ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ޑިލިޓްކޮށްލާފައި ވާތީ ޔާމީންގެ ލޯޔަރުންގެ ޓީމާއެކު، ލީޑަރޝިޕް ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުން، ފޯނުން ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއި ވިދާޅުވީ، އިދިކޮޅު އިއްތިހާދުން މި ހުކުމަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް، މީ ހަރާން ހުކުމެއް. މި ހުކުމަކީ ފަނޑިޔާރު ޝަކީލު ލިޔުނު ހުކުމެއް ނޫންކަން އަޅުގަނޑުމެންނަށް ކަށަވަރުގެ ޔަގީންވޭ. މީގެ ފުރިހަަމަ ދިރާސާއެއް އަޅުގަނޑުމެން މިދަނީ ކުރަމުން. ފަނޑިޔާރު ކޯޓުތެރޭގަ ރަހީނު ކޮށްގެން ގެންގުޅުނުކަމުގެ ތުހުމަތު އަޅުގަނޑުމެން އެބަ ކުރުން. އެހެންވީމަ އަޅުގަނޑުމެންނަށް މި ލިބޭ މައުލޫމާތުތައް ސައްހަ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގަ އެބަ ކުރަން. ރޭވެސް އަޅުގަނޑުމެން މި މަަސައްކަތުގަ އުޅުނިން. ސިފައިންގެ ދެ ބޭކަލަކު ވަކި ރިޕޯޓެއް ހިއްޕަވައިގެން އަހިސް، އެ އަޅުގަނޑުމެން މި ގަބޫލު ކުރަނީ ހަރާން ހުކުމެއް ކަމަށް، ފަނޑިޔާރު އަތަށް ހުކުމެއް ދެއްވައިގެން އިއްވިކަމަށް އަޅުގަނޑުމެން ތުހުމަރު ކުރަނީ،" ޝުޖާއު ވިދާޅުވިއެވެ.

އެހެންކަމުން، އެކަންކަން ވަރަށް ގާތުން ބަލަމުން ދާކަން ފާހަގަ ކުރައްވައި ޝުޖާއު ވިދާޅުވީ، ކޯޓު ތެރެއަށް ވަނީ ކޮން ބައެއް ކަމަާއި، ސިފައިންގެ ދެ ބޭކަލަކު މީގެ ތެރޭގައި ޝާމިލުވާކަމާއި، އެބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށެވެ.

"މީ ހަރާން ހުކުމެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެއް ނޫންތޯ، ދިވެހިރާއްޖޭގެ ޒަމާންތަކެއް ވަންދެން ޖުޑީޝަލް ދާއިރާގަ ހަމަ ހުކުންތައް ކުރަމުން ގެންދޭ ކޯޓުތަކުގަ. ހުކުމް ކުރުމާއެކު ރިޕޯޓު ލިބޭ އެއްޗެކޭ އެއަކީ،" ސުޕްރިމް ކޯޓުގެ އުސޫލުތަކާ ގަވާއިދުތަކަށްވެސް ރިއާޔަތް ކުރަމުން ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުކުމް އިއްވީއްސުރެން، ރޭ ދަންވަރު ވަންދެން ހުކުމުގެ ރިޕޯޓު ހޯދުމަށް ލީޑާރޝިޕް ޓީމުން ކްރިމިނަލް ކޯޓުގައި ތިބި ކަމަށާއި، ޖަލުގައި އޮންނަ މީހަކަށް އެންމެ ދުވަހެއްވެސް އެއީ އަނިޔާއެއް ކަމަށެވެ.

ޔާމީނަކީ ރާއްޖޭގެ ލައްކައަަކަށްވުރެ ގިނަ މީހުން ތަމްސީލުކުރާ ރިޔާސީ ކެނޑިޑޭޓް ކަމަށް ވުމުން، އެމަނިކުފާނު ޖަލުގައި އޮންނަ ކޮންމެ ދުވަހަކީ، އެ އެއްލައްކައަށްވުރެ ގިނަ މީހުންނަށް ލިބޭ ވަރަށް ބޮޑު އަނިޔާއެެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހުކުމުގެ ރިޕޯޓު ލަސްވާ ސަބަބެއް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވީ، ފަނޑިޔާރު ޝަކީލު ނުލިޔާ ހުކުމެއް އޭނަ އިއްވަން ޖެހުމުން ކަމަށެވެ. އެހެންވީމަ ތުހުމަތު ކުރަނީ، ޔާމީނަށް ކުރީ ހަރާން ހުކުމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލަ އިސްތިއުނާފަށް ލެވޭނީވެސް ހުކުމުގެ ރިޕޯޓު ލިބިގެން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.