މާލެ ސިޓީ ކައުންސިލްގެ ޖަލްސާ އެއްގެ ތެރެއިން--ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
27 Dec 2022 | 12:41
މާލޭ ސަރަހައްދުގައި ކުނި މެނޭޖް ކުރުމުގެ ގަވާއިދާ ޚިލާފުވާ ނަމަ ފިޔަވަޅު އަޅަނީ

މާލެއާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި، ހުސްބިންތަކާއި، މައިޒާންތަކާ އަދި ތިމާ ދިރި އުޅޭ ވެށި ސާފުތާހިރު ތަނެއްގޮތުގައި ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުނި މެނޭޖް ކުރުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އެ ކައުންސިލުން ނިންމައިފިއެވެ. 

މާލޭސިޓީ ކައުންސިލުން ނެރުނު ޢިއުލާނެއްގައި ވަނީ، މަގުތަކާއި، ޕާކުތަކާއި، ހުސްބިންތަކާއި، މައިޒާންތަކާ އަދި ތިމާ ދިރި އުޅޭ ވެށި ސާފުތާހިރު ކޮށް ބެހެއްޓުމަކީ އެންމެހައި ރަށްޔިތުންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކެ އެފަދަ ތަންތަން ސާފުތާހިރު ތަނެއްގެގޮތުގައި ބޭއްވުމަށް އެދިފައެވެ.

އެގޮތުން، ކުނިމެނޭޖު ކުރުމުގެ ޤަވާޢިދާ އެއްގޮތަށް އެންމެންވެސް ޢަމަލުކުރުމަށާއި ކުނި މަގުމައްޗަށް ނެރުމުގެ ބަދަލުގައި ޚިދުމަތްދޭ ފަރާތްތަށް މެދުވެރިކޮށް ކުނި އުކާލެވެންދެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ކުނި މެނޭޖު ކުރުމުގެ ޤަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

އެހެންކަމުން، ކުނި މެނޭޖު ކުރުމުގެ ޤަވާޢިދާ އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ސިޓީ ކައުންސިލުން ބުނީ، ކުނިމެނޭޖް ކުރުމުގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާއި މެދު އެ ޤަވާޢިދާ އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
12 Aug 2026
މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ