ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ޝަރީފް ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
30 Dec 2022 | 08:42
ރައީސް ޞާލިހު ކޮވިޑް މެނޭޖުކުރި ގޮތް ދުނިޔޭގެ ޔުނިވަސިޓީތަކުން ދިރާސާކުރަން ފަށައިފި: ޝަރީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގައި ކޯވިޑް ފެތުރުން ކޮންޓްރޯލުކޮށް އެ ހާލަތުގައި އިގްތިސާދު މެނޭޖުކުރިގޮތް ދުނިޔޭގެ ޔުނިވަސިޓީތަކުން ދިރާސާކުރަން ފަށައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

މަވޯޓާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭނު ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ޝަރީފް ވިދާޅުވީ ދުނިޔޭގެ އެތައް ގައުމެއް ކޯވިޑްގެ ބަލިމަޑުކަމުން އަރައި ނުގަނެވި މިއަދުވެސް ދުވަސްތައް ގުނަމުންދާކަމަށެވެ. އަދި ކޯވިޑާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ކާރިސާގައި ފަންސާސް އެތައް ގައުމެއް ބަނގުރޫޓުވެފައިވާ ކަމަށެވެ. 

ދިވެހިރާއްޖެއަކީވެސް ކޯވިޑްގެ ސަބަބުން ބަނގުރޫޓުވެދާނެކަމަށް ލަފާކޮށް ނެރެފައިވާ ލިސްޓުގައި ހިމެނެ ގައުމަކަށް ވީނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ކޯވިޑްގެ ދަތިކަން އިހުސާސް ވިޔަ ނުދެއްވާ ކޯވިޑް މެނޭޖު ކުރައްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. 

އެމަނިކުފާނަށް އެކަން ކުރެއްވުނީ އެމަނިކުފާނުގެ ހިކުމަތްތެރިކަމުންކަމަށާއި، ދުނިޔޭގެ ޔުނިވާސިޓީތަކުން ރައީސް ސޯލިހު އެކަން ކުރެއްވި ގޮތް ދިރާސާ ކުރައްވަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ. 

"މި ކޯވިޑްގެ ކާރިސާއާއި ދުނިޔެ މިހާރު ވެއްޓިފައި އޮތް އިގްތިސާދީ ފުން ވަޅުގަނޑުގެ ސަބަބުން ފަންސާސް އެތައް ގައުމެއް ބަނޑަށް ޖެހިއްޖެ. އެކަމަކު ކޯވިޑްގެ އެންމެ ދަތި އަހަރު 2020 ވަނަ އަހަރު ވަރަށް އޮމާންކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އިގްތިސާދީ ޓީމުން ގެންގޮސް ރާއްޖެ ފަރަށް ނާރުވާލާ ސަލާމަތްކޮށްލީ ފަޚުރުވެރިކޮށް. ދުނިޔޭގެ ޔުނިވާސިޓީތަކުން އެކަން ދަނީ ދިރާސާކުރަމުން"

 މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ

ޝަރީފް ވިދާޅުވީ ކޯވިޑްގެ ދަތިހާލުގައިވެސް ހުރިހާ މުވައްޒަފުންނަށް މުސާރަދީފައިވާކަމަށެވެ. އަދި އެއްވެސް ގެއަކުން ކަރަންޓު ކަނޑާލާފައި ނުވާކަމަށެވެ.

އެހެންކަމުން ހަމައެކަނި އެ ސަބަބަށްޓަކައިވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ނިމިދިޔަ ދައުރު އެމްޑިޕީ ގއ. ގެ ކައުންސިލަރެއް
ތިޔަފަދައިން އަންނިއަކަށް ނު ކުރެވޭނެވެރިކަމެއް. ރޯބުހުތާން ދޮގުހަދާފަ ރައްޔިތުން ހަވާލުކުރާ ޒިންމާތަކުން އިސްތިއުފާދޭން އެކަނި ކެރޭނީ. ރައިސް އިބޫއަށް ހަމަ ސެލިއުޓް ކުރަން. މަގޭވޯޓް ރައިސް އިބޫއަށް ހިބައިން ދީފިން.
30 Dec 2022
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ