މަޓީގެ ޗެއަރމަންއަކަށް އަނެއްކާވެސް އުމަރު މަނިކު

21 Jan 2019 | 21:21

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއަރމަންކަމަށް، މިހާރުވެސް އެމަގާމުގައި ހުންނެވި ޔުނިވަރސަލް ގްރޫޕްގެ މުހައްމަދު އުމަރު މަނިކު އިންތިޚާބުކޮށްފިއެވެ.

އުމަރު މަނިކު އަކީ މަޓީ އުފެދުނީއްސުރެ އެ ޖަމްއިއްޔާގެ ޗެއާރމަންގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތްކަން ފާހަގަކޮށްލެވެއެވެ.

މަޓީގެ ވައިސް ޗެއާމަނުންގެ ގޮތުގައި މިފަހަރުވެސް އިންތިހާބުމިދިޔަ ދައުރުގައިވެސް އެ މަގާމުތަކުގައި ތިއްބެވި ޗަމްޕާ ކުންފުނީގެ ހިއްސާދާރު (ޗަމްޕާ) މުހައްމަދު އަފީފުއާއި ވޮޔޭޖެސް މޯލްޑިވްސްގެ ޑިރެކްޓަރު ސޮލާހު ޝިހާބެވެ.

މި ބޭފުޅުންގެ އިތުރުން މަޓީގެ އެކްޒެކެޓިވް ބޯޑަށް ނުވަ މެމްބަރަކު ވަނީ ހޮވާފައެވެ. އެއީ:

އަހްމަދު ސިޔާމް މުހައްމަދު - ސަން ސިޔާމް ގްރޫޕު

މޫސާ ސޯލިހު - މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އިބްރާހިމް ސިޔާދު ގާސިމް - ވިލާ ގްރޫޕު

އިބްރާހިމް ނޫރައްދީން - މިރިހި އައިލެންޑް ރިސޯޓު

އިޔާޒް ވަހީދު - ކުރުނބާ މޯލްޑިވްސް

ވިޝާ މާހިރު - ޔުނިވާސަލް އެންޓަޕްރައިޒެސް

އިސްމާއިލް ސިޔާން ގާސިމް - ވިލާ ގްރޫޕު

އާއިޝަތު ނީނާ އަހްމަދު - އެނބޫދޫ ވިލެޖު

ޒުލައިހާ މަނިކު - ސަން ސިޔާމް ގްރޫޕު

Advertisement

ކޮމެންޓް