މާލޭ ސިޓީ ކައުންސިލުން، މާލޭގެ މަގުތަކުން ކުނި ނަގަނީ -- ފޮޓޯ/ ސިޓީ ކައުންސިލް
01 Jan 2023 | 14:27
ރެއާއި މިއަދުން ސިޓީ ކައުންސިލުން މާލޭގެ މަގުތަކުން 30 ޓަނު ކުނި ނަގައިފި

ރެއާއި މިއަދުން, މާލޭގެ މަގުތަކުން 30 ޓަނު ކުނި ނަގާފައި ވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ރޭގެ 11:00 އިން ފެށިގެން މިއަދު މެންދުރު 1:30 އާއި ހަމައަށް މާލޭގެ މަގުތަކުން 30.1 ޓަނުގެ ކުނި، މާލެ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށެވެ.

މާލެއާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ކުރިން ވެމްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގެ އެގްރިމެންޓް ހަމަވުމާއެކު، ސިޓީ ކައުންސިލުން ވަނީ މިިދިޔަ ހަފްތާގެ ތެރޭގައި އެކަން ހުއްޓާލުމަށް ވެމްކޯއަށް އަންގާފައެވެ.

މާލެއާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯއާއެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމީ، ބޮޑު ބަޖެޓެއް ދިން ނަމަވެސް އެ ކުންފުނިން ގަވާއިދުން އެ ކަން ކުރަމުން ނުދާ ކަމަށް ބުނެއެވެ.

ސިޓީ ކައުންސިލުން އަމިއްލައަށް މާލެއާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތަކާއި މަގުތައް ސާފުކުރުމަށް ނިންމާފައި ވާއިރު، މާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތާ ވެސް ދެން ހަވާލު ވާނީ ސިޓީ ކައުންސިލުންނެވެ.

ވެމްކޯ އިން ދެން ހަމައެކަނި ނަގާނީ ގޭބިސީތަކުން ބޭރުކުރާ ކުނި އެކަންޏެވެ.

ވެންކޯއިން ގަސްތުގައި ނުނެގި ކުނި، މާލޭ ސިޓީ ކައުންސިލުން ނަގަމުންދާ ކަމަށާ، އިއްޔެ މާލޭ މަގުތަކުން 100 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގާފައީވާ ކަމަށް މާލޭ މޭޔަރު ޑރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.