މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަގުމަތިން ކުނި ނަގަނީ/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
01 Jan 2023 | 18:03
ކުނި ބަހައްޓާފައި ހުންނަ 18 ސަރަހައްދެއްގެ ލިސްޓު އާންމުކޮށް ކުނި ނޭޅުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

މާލޭގައި އާންމުކޮށް ކުނި ބަހައްޓާފައި ހުންނަ 18 ސަހަރައްދެއްގެ ލިސްޓު އާންމުކޮށް އެ ތަންތަނުގައި ކުނި ނުބެހެއްޓުމަށް މާލޭ ސިޓީ ކައުންސުލުން އިލްތިމާސްކޮށްފި އެވެ. 

ސިޓީ ކައުންސިލުން ނެރުނު އެ އިއުލާނުގައި އާންމުކޮށް ކުނި އަޅާފައި ހުންނަކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކަކީ: 

1-ގަލޮޅު، ބަނަފްސާ މަގު، ގ. ފަހިވާގެ ރޯޒުމޯޑު ކުރިމަތި

2-ހެންވޭރު، ކަރަންކާމަގު އަބަދަށްފެހިމަގު ކަންމަތި

3-ހެންވޭރު، އަބަދަށް ފެހި މަގު، ހުޅުދޫގެ ކައިރި

4-ގަލޮޅު، މިޔަލަނި ގޯޅި

5-މާފަންނު، ސަބުދެލި މަހު، ސަތަރު ގޯލި ކަންމަތި

6-މައްޗަންގޯޅި ސަހަރާކައިރި

7-މައްޗަންގޯޅި، ނިކަގަސްމަގު، ކުރިކީލިމަގު ކަންމަތި

8-މައްޗަންގޯޅި، ހިތިލާގެ، ރެޑްމީކައިރި

9-މާފަންނު، އަލިރަސްގެފާނު ޒިޔާރަތްކައިރި

10-މާފަންނު މައްޗަންގޯޅި ގަލޮޅު، އަމިނީމަގު ކޮޅު ބެދިފަ ހުންނަ ގޯޅިތައް

11-ގަލޮޅު، ފާށަނާކިލޭގެމަގު، ދާދަރާގޯޅި

12-ގަލޮޅު، ރާދަފަތިހިނގުން، ހ. ބީޗްނެސްޓް ކައިރި

13-ހެންވޭރު، އެވަޗާންސްގޯޅިގަނޑު ތެރެ

14-މައްޗަންގޯޅި، ބޮޑުފުޅައްގޯޅި

15-ގަލޮޅު ސަހަރާމަގު، ގ. ސެންޓްގެކައިރި

16-މާފަންނު، ޖަންބުމަގު

17- ހެންވޭރު ސަހަރާ، ފޫޅުމާގެކައިރި

18-ހެންވޭރު، ވައިޖެހޭމަހު އުތުރުން މަޖީދީމަގު ކަންމަތި

އާންމުކޮށް ކުނި އަޅާފައި ހުންނަ ތަންތަން ފާހަގަކޮށް ސިޓީ ކައުންސުލުން ބުނީ އެ ސަރަހައްދުތަކަށް ކުނި އަޅާތަން ފެނިއްޖެކަމަށް ވާނަމަ ލަސްނުކޮށް މާލޭ ސިޓީ ކައުންސިލްއަށް ރިޕޯޓު ކުރުމަށް އެދޭކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅުއްވާ ރިޕޯޓުކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. 

ކުރިން މާލެ ސަރަހައްދުގެ އާންމު ތަންތަނުން ކުނި ނަގަމުން އައީ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)އިންނެވެ. ނަމަވެސް އެ ކުންފުނިން ރަނގަޅަށް އެ ޒިންމާ އަދާނުކުރާތީ ސިޓީ ކައުންސިލާއި އެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އައުނުކުރަން ސިޓީ ކައުންސިލުން ނިންމައި، އެ ޒިންމާއާ ވަނީ ހަވާލުވެފައެވެ. 

އެފަހުން ގެތަކުން ނެރޭ ކުނި ވެމްކޯއިން ނުނަގާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ވެމްކޯއިން މަގުތަކަށް ކުނި އަޅާތަން ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. 

އެ ފަދަ މައްސަލަތައް ފެންމތިވަމުން ދިއުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުންގެ ސަލާމަތާއި މަގުމަތީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ވެމްކޯއަށް އިލްތިމާސްކޮށްފައެވެ. އަދި ފަރުދީ ޒިންމާ އަދާކޮށް މަގުތަކަށް ކުނި ނޭޅުމަށް މާލޭގެ ރައްޔިތުންގެ އަރިހުންވެސް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.