ފުއްގިރި މައްސަލަ ބައްލަވަން އައްޔަންކުރެއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނަދީމު/ ފޮޓޯ: ޖޭއެސްސީ
ހަބަރު
03 Jan 2023 | 13:15
ފުއްގިރި މައްސަލަ: ފަނޑިޔާރަކަށް އަދީބުގެ ވަކީލެއް ކަނޑައެޅުމުން ތަނާޒުލްވާން އެދިއްޖެ!

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ހިންގުމަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްކަމަށްވާ އަލީ ނަދީމް އައްޔަން ކުރެއްވުމުން ފަނޑިޔާރު އެ މައްސަލައިން ތަނާޒުލްވުމަށް ދިފާއީ ވަކީލުން އެދިވަޑައިގެންފި އެވެ. 

ފުއްގިރި މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލީ ނަދީމާއި ހަވާލުކުރައްވާފައިވަނީ އެ މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލް އެ މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުމަކީ ނަދީމް ޝަރީއަތްކުރެއްވި ފުރަތަމަ މަޖިލީހެވެ.

ނަދީމްއަކީ މީގެ ކުރިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބުގެ ލޯޔަރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކަށްވާތީ މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ފަނޑިޔާރު ނަދީމް އެ މައްސަލައިން ތަނާޒުލްވުމަށް ހުށައަޅުއްވާފައެވެ.

އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު އެމްއެމްޕީއާރުސިއާއި ގުޅުން ހުރި އެ މައްސަލައިގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވުމަކީ މަސްލަހަތު ފުށޫއަރާނެ ކަމެއްކަން ދިފާއީ ވަކީލުން ފާހަގަކުރެއްވި އެވެ.

ދިފާއީ ވަކީލުންގެ އިއުތިރާޒާއި ގުޅިގެން ފަނޑިޔާރު ނަދީމު ވިދާޅުވީ، އެމަނިކުފާނު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވީ މީގެ 7 އަހަރު ކުރިންކަމަށެވެ. އެއީ ބަންދު މައްސަލައެއްގައި ކަމަށް ވުމުންނާއި، އެއްވެސް ކުށަކާ ގުޅިގެން އަދީބަށް ގާނޫނީ ލަފާދީފައި ނުވާތީ ތަނާޒުލްވާން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ކޯޓުން ނިކުމެވަޑައިގަންނަވަނީ

ފުއްގިރި މައްސަލައިން ފަނޑިޔާރު ނަދީމް ނަތާޒުލްވުމަށް ދިފާއީ ވަކީލުން އެދިފައިވަނީ އެ މައްސަލައިގައި ހިމެނޭ އަހުމަދު ކުރިކް ރިޒާ މީގެ ކުރިން އައްޔަން ކުރެއްވި ގާނޫނީ ވަކީލަކީ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެއްކަން ފާހަގަކޮށް ދައުލަތުން މައްސަލަ ޖައްސާފައިވާތީއެވެ. 

އޭރު މައްސަލަ ބެއްލެވި އިސްގާޒީ ޝަކީލު ނިންމެވީ ގާނޫނީ ވަކީލު ޔާމީން މައްސަލައިގައި ތަނާޒުލްވާން ޖެހޭ ކަމަށެވެ. އެހެންކަމަށް ވުމުން، ގާޒީ ނަދީމް ވެސް މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާއި ގުޅޭގޮތުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މި މައްސަލައިގައި އަދީބަށް ލުއިތަކެއްދީ އެއްބަސްވުންތަކެއް ވެފައިވާއިރު، އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ވަކީލަކު ޝަރީއަތް ކުރެއްވުމުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. އަދި ފަނޑިޔާރު ވަކި ފަރާތަކަށް ބުރަވުމުގެ ފުުރުސަތު އޮތްކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އެ މައްސަލަ ދިރާސާކުރުމަށާއި، މަޖިލީހަށް ހުށައެޅި ކަންކަމަށް ގޮތެއް ނިންމުމަށް ގާޒީ ވަގުތުކޮޅެއް ބޭނުންވަކަމަށް ވިދާޅުވެ އިތުރު މަޖިލީހެއް ތާވަލް ކުރާނެކަން އަނަގާވާފައެވެ. އެހެން ނަމަވެސް ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ވަކި ތާރީހެއް ގާޒީ ވިދާޅުވެފައެއް ނުވެއެވެ. 

ރ. ފުއްގިރި މައްސަލައިގެ ޝަރީއަތްވެސް ލައިވްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިފައެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމަށް ވަކިގޮތެއް ޝަރިއަތުން ނިންމާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.