ރައީސް ރ. އިންނަމާދޫ އަށް ވަޑައިގަތުން: ފޮޓޯ/ ރައީސް ޞާލިހުގެ ކެންޕެއިން ޓީމް
ހަބަރު
06 Jan 2023 | 18:44
ރ އަތޮޅަށްފަހު ރައީސް ޞާލިހުގެ ކެންޕެއިން ނ އަތޮޅަށް

ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުނޑލްދާ ދަތުރުފުޅުގައި ނ އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ. 

ރައީސް ޞާލިހު ގެ ކެންޕެއިން ޓީމުން މިއަދު ބުނީ، ޕްރައިމަރީގެ ކެމްޕެއިނަށް އެމަނިކުފާނު މާދަމާ ނ އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ނ. ކެނދިކުޅުދޫ، މަނަދޫ އަދި ވެލިދޫއަށް ރައީސް މާދަމާ ވަޑައިގަންނަވާނެއެވެ.

ކެނދިކުޅުދޫ އާއި މަނަދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، ނ އަތޮޅުގެ ކެމްޕެއިން ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެލިދޫގައެވެ. 

"އެމްޑީޕީ ކުރިއަށް" ޝިއާރާ އެކު ރައީސް ފައްޓަވާފައިވާ ކެމްޕެއިން ތެރެއިން އެ ޕާޓީގެ މެންބަރުންގެ ވޯޓު ހޯދުމަށް ރައީސް ޞާލިހު މިހާރަ ވަނީ އަތޮޅު ތަަކަށް ދަތުރު ފަށްޓަވާފައެވެ. 

އެގޮތުން އިއްޔެއާއި މިއަދު އެމަނިކުފާނުގެ ކެމްޕެއިން ރ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އެމަނިކުފާނު ވަނީ އެ އަތޮޅުގެ މާކުރަތާއި އިންނަމާދޫއަށް ވަޑައިގެންފައެވެ. އަދި އެއަށްފަހު މިރޭ މީދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިރޭ އެ ރަށުގައި އެމަނިކުފާނުގެ ކެމްޕެއިން ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕަރައިމަރީގެ ކެންޕެއިން އެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް އަންނަނީ ވަރަށް ފޯރި އާ އެކު ކުރަމުންނެވެ. އެގޮތުން ރައީސް ޞާލިހާއި ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ އަތޮޅު ތެރެއަށް ކެމްޕެއިން ދަތުރުފުޅު ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.