މާފުށި ޖަލު ބޭރު/
ހަބަރު
07 Jan 2023 | 22:24
މާފުށީ ޖަލުގައި މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި!

މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހޫނު ތޫނު އެއްޗެހިން ހަމަލާދީ ދެމީހުން ޒަޚަމްވެއްޖެއެވެ. 

މި މާރާމާރީ ހިނގާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މި މާރާމާރީގައި އެކެއްގެ އަނގަމަތި ފަޅައިގެންދިއުން ފިޔަވައި އިތުރު ބޮޑު އަނިޔާއެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

އެކަމާއި ގުޅޭގޮތުން ކަރެކްޝަންސް އިން ބުނީ އެ މާރާމާރީ ހިނގީ ޖަލު ގޮޅިއެއްތެރޭ ދެ ގައިދީންގެ ދެމެދު އެވެ. ކަރެކްޝަންސްގެ އޮފިސަރަކު އެކަން ހުއްޓުވާފައިވާއިރު، އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާދެމުން ނެވެ. އޭނާގެ ހާލަތު ސީރިއަސް ނޫންކަންވެސް ކަރެކްޝަނުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި މާރާމާރީގައި އެކެއްގެ މެޔަށް ވަޅިން ހަމަލާދީ، އަނެކަކަށް ކަޓަރަކުން ހަމަލާދިން ކަމަށް ފެތުރޭ ވާހަކަތައް ފުލުހުން އަދި ކަރެކްޝަނުންވެސް ދޮގުކުރެ އެވެ. 

މި މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ނުވާކަމަށް ފުލުހުން ބުނިއިރު، ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ބުނެ ދައުރުކުރަމުންދާ ފޮޓޯއަކީ ވެސް ފޭކު ފޮޓޯއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.