އަދީބުގެ ބޭސްފަރުވާއާއި ގުޅިގެން ރައީސްއާއި ބައްދަލުކުރަން އާއިލާއިން އެދިއްޖެ

22 Jan 2019 | 21:50

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއާއި ގުޅިގެން، އެމަނިކުފާނުގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލުކުރުމަށް އާއިލާއިން އެދިއްޖެއެވެ.

އަދީބުގެ އާއިލާއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ އާއިލާއިން ބުނީ އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ކުއްލި ހާލަތުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެމުން ދަނިކޮށް، ތަފާތު ނުފޫޒުތަކެއް ޑޮކްޓަރަށް މެދުވެރިވި ކަމަށާއި އަދި މަޖުބޫރީ ހާލަތެއް ކުރިމަތިވި ކަމަށް ވިދާޅުވެ ފަރުވާ ފުރިހަމަވުމުގެ ކުރިން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު އަބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އާއިލާއިން ވަނީ ރައީސް ސޯލިހު ހިމެނޭގޮތަށް ދިހަ ފަރާތަކާއި ބައްދަލުކުރަން އެދިފައެވެ.

އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމާއި، އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލަތީފާއި، މިނިސްޓަރ އޮފް ހެލްތު އަމީންއެވެ.

މީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، މޯލްޑިވްސް މެޑިކަލް ކައުންސިލާއި ބައްދަލުކުރުމަށް އެދިފައިވާނެ ކަަމަށްވެސް އަދީބުގެ އާއިލާއިން ބުނެ އެވެ.

Advertisement

ކޮމެންޓް