ޖިއާންގެ މަންމަގެ ވާހަކަތަކުން މުޅި ގައުމު ރޮއްވާލައިފި

22 Jan 2019 | 23:32

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17ވަނަަ ދުވަހު، ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ނިޔާވި ބަންގްލަދޭޝްގެ ކުއްޖާކަމުގައިވާ ރަވްޝަން ޖިއާންގެ މަންމަ، އެ ހާދިސާއާއި ގުޅޭ ވާހަކަތައް ވަރަށް އަސަރާއި އެކު މީޑިޔާއަށް ހިއްސާކޮށްފިއެވެ.

މިއަދު އުނިމާ ގްރޭންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ރަވްޝަންގެ މަންމަ ޑރ.ފަރްޒާނާ ހުސައިން ވިދާޅުވީ އެ އާއިލާއަށް ދިމާވި ހިތާމަވެރި ވަގުތުގައި ދިވެހިންގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރާކަމަށެވެ.

"ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ނައިބު ރައީސް ފައިސަލް ނަސީމް އާއި، މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދާއި، ފުލުހުންނާއި، ހެލްތު މިނިސްޓަރ އަމީނާއި، އައިޖީއެމްއެޗްގެ ސްޓާފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހެއުކަމަށް ޚާއްސަކޮށް ޝުކުރުވެރިވަން،" ފަރްޒާނާ ބުންޏެވެ.

ޑރފަރްޒާނާ ވިދާޅުވީ އޭނާ އެނބުރި ރާއްޖެއަށް އައީ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށްޓަަކައި ކަމަށާއި އިންސާފު ނުލިބެނީސް އެނބުރި ނުދާނެކަމަށެވެ. އަދި މި މައްސަލައިގައި ދައުވާކުރާނެތޯ ނިންމާނީ ފުލުހުންގެ ތަހުގީގު ނިމުމުންކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ކަންކަން ރަނގަޅުވެގެން ދިއުމަކީ އެ އާއިލާގެ އެންމެ ބޮޑު އުއްމީދު ކަމަށް ފަރްޒާނާ ބުނެފައިވެއެވެ

Advertisement

ކޮމެންޓް