އެމްޑީޕީ ޕްރައިމަރީ: ރައީސް ޞާލިހު ގެ ހުޅުމާލޭ ބައްދަލުވުން މިރޭ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ, ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެމްޑީޕީގެ ހުޅުމާލޭ މެންބަރުންނާއި މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ޞާލިހްގެ ކެމްޕެއިން ޓީމުން ބުނީ، ރައީސް ޞާލިހު ގެ ޕްރައިމަރީ ކެންޕެއިންގެ "ހުޅުމާލޭ ބައްދަލުވުން" މިރޭ 8:30 ގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ.
އަދި މި ބައްދަލުވުމުގައި އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މެންބަރުންނާއި، ކެންޕެއިން ޓީމުތަކާއި ރައީސް ޞާލިހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކެންޕެއިން ޓީމުން ބުނެއެވެ.
ރައީސް ޞާލިހުގެ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން، މާލޭގެ އެމްޑީޕީގެ މެންބަރުންނާއި، ކެންޕެއިން ޓީމުތަކާއިވެސް ރޭ ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން މާލޭގައި އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ކެންޕެއިންވެސް އިއްޔެ ކުރައްވާފައެވެ.
މާލޭގެ އިތުރުން، އަތޮޅުތަކަށްވެސް އެމަނިކުފާނު ވަނީ ކެންޕެއިން ދަތުރުތައް ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަަމަ ވަޑައިގެންނެވީ ރ އަތޮޅަށެވެ. އެއަށްފަހު، ޅ، ބ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައިވާއިރު، އެ އަތޮޅު ތަކުގައި ބޭއްވި ޖަލްސާ ތަކުގައި އެމަނިކުފާނު ވަނީ އެ އަތޮޅުގެ ރަށްތަކަށް ގިނަ ކަންކަން މި އަހަރު ތެރޭގައި ކޮށްދެއްވާނެ ކަމަށްވެސް ވައުދުވެ ވަޑައިގެންފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists