މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން--ފޮޓޯ/ ސިޓީ ކައުންސިލް
ހަބަރު
11 Jan 2023 | 13:50
ރޯވި ތަނުގައި ނީލަން ފިހާރަ ދެން ނުހިންގަން ސިޓީ ކައުންސިލުން ނިންމައިފި

މިމަހު 9 ވަނަ ދުވަހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވި، ނީލަން ފިހާރަތައް، ދެން އެ ތަނުގައި ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 84 ވަނަ ރަސްމީ ޖަލްސާ ގައި ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ނީލަން ފިހާރަ ހިންގުމަށް ހުށަހަޅުއްވާފައެވެ. 

މި ހުށަހެޅުން ހުށަހަޅުއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ނީލަން ފިހާރަތައް ހުރި ތަނުން ބަދަލު ކުރުމަކީ މީގެ ކުރިންވެސް އެ ކައުންސިލުން ނިންމައި، އެ އިދާރާއަށް ނެގެން އޮތް މިންވަރަކުން އެ ނިންމުމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގައި ބޭއްވުނު ކައުންސިލްގެ މި ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައި ނީލަން ފިހާރަ އެ ހުރި ތަނުން ބަދަލުކޮށް އެތަން މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށާއި، އެކަން ސަރުކާރުގެ ރަސްމީ އިދާރާތަކަށް އެންގުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމި ކަން މޭޔަރު ފާހަގަކުރެއްވިއެވެ. 

"ހަމަ އެ ދުވަހު ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފަ މިއޮތީ، މާލޭގެ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނި ކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމައްޗަށް ވާގޮތަށް ހުންނަ ނީލަން ތަކެތި ވިއްކާ ސަރަހައްދު އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް މި ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއިން ނިންމި ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ސިޓީ ޕްލޭނިންގެ މިނިސްޓްރީއަށް ފޮނުވިއިރު، އެކަމާއި ގުޅޭ ޗާޓުވެސް ހިމަނައި ވަރަށް ތަފްސީލުކޮށް އެކަން ބަޔާން ކުރައްވާފައިވާނެކަމަށެވެ. އެއަށްފަހު މިހާރު އެއް އަހަރާއި 4 މަސް ވެފައިވާ ކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ އެ ދުވަހު އެ ހުއްދަ ދެއްވި ނަމަ، މިހާރު ހުންނާނީ ޒަމާނީ ފެންވަރަށް އެތަން ތައްޔާރުކޮށް ނިމިފައި ކަމަށެވެ. 

މުއިއްޒު އިތުރަށް ވިދާޅުވީ ނީލަން ފިހާރަ އެނދި އިރު ހުރި ތަނުގައި ހިންގުމަކީ ޗޮއިސް އެއް ނޫން ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގައި ނީލަން ފިހާރަ ހިންގުމަށް އެދި ކައުންސިލުން ހުށަހެޅި ބިން މިހާރުވެސް އޮތީ ހުސްކޮށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނީލަން ފިހާރަ ތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން މޭޔަރ ހުށަހެޅުއްވި ހުށަހެޅުން ބައްދަލުމުގައި ބައިވެރިވި 11 މެންބަރުންގެ އިއްތިފާގުން ވަނީ ފަސްވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.